ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް އެކުދިންނާ އެކީގައި އޮންނަ ގުޅުން ބަދަހިކުރަން ޖެހޭ:ސާޖިދާ

Loading

Facebook
Twitter
WhatsApp

ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް އެކުދިންނާ އެކީގައި އޮންނަ ގުޅުން ބަދަހިކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެ ކަމަނާ މިހެން ވިދާޅުވީ ’ގްލޯބަލް ޕޭރެންޓިންގ މަންތް‘ އާއި ގުޅިގެން ދެއްވި ވީޑިއޯ މެސެޖުގައެވެ.

އެގޮތުން އެ ކަމަނާ ވަނީ ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި އެކުދިންނާ އެކީގައި އޮންނަ ގުޅުން ބަދަހިކުރަން ޖެހޭކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެގުޅުން ބަދަހިކުރުމަށްޓަކައި އެކި އުމުރުފުރާގެ ކުދިންނާއެކު އެކި ގޮތްގޮތަށް މަސައްކަތް ކުރަންޖެހޭކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

ކުޑަ ކުއްޖަކާ ގުޅުން ބަދަހިކުރާނަމަ އެ ކުއްޖާއާ އެކީގައި އެ ކުއްޖާގެ އުމުރު ފުރާގެ އެކި ހަރަކާތްތަކުގައި ބައިވެރިވާން ޖެހޭކަމަށާއި، ފުރާވަރަށް އަރައިގެން އަންނަ ކުއްޖާއާ އެކީ ގުޅުން ބަދަހިކުރާނަމަ އެކުއްޖާއަކީ މައިންބަފައިންގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ގޮތުގައި ގެންގުޅެން ޖެހޭކަމުގައި ސާޖިދާ ވިދާޅުވިއެވެ.

އެ ކަމަނާ ވަނީ ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރުމަށް ބާރުއަޅުއްވައި، ކުދިން، ބެލެނިވެރިންނަށް ނުވަތަ މައިންބަފައިންނަށް ކުރާ އިތުބާރު އިތުރުކުރުވުމަށް އަދި އެ އިތުބާރު ދެމެހެއްޓުމަށް ބާރުއަޅުއްވާފައެވެ.

މީގެ އިތުރުން ބެލެނިވެރީންނަށް ކުދީން ކުރާ އިތުބާރު އިތުރުވެ، ގުޅުން ބަދަހިވީ ވަރަކަށް، މުޖްތަމަޢުން ފެންނަ ނޭދެވޭ ކަންކަމުން އެ ކުދީން ސަލާމަތްކުރުމުގެ މަގުފަހިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ ވަނީ ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް