ހައްޖުގެ އަޅުކަމުގެ ތެރޭގައި މަދުވެގެން 1،301 މީހުން މަރުވި:ސައޫދީ އަރަބިއްޔާ

Loading

Facebook
Twitter
WhatsApp


މިއަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި މަދުވެގެން 1،301 މީހުން މަރުވެފައިވާ ކަމަށް ސައޫދީ އަރަބިއްޔާ އިން ބުނެފިއެވެ. މަރުވި ގިނަ މީހުންނަކީ ހައްޖު ވުމަށްޓަކައި ގަދަ ހޫނުގައި ހިނގާފައި ސައޫދީ އަށް ދިޔަ މީހުން ކަމަށް ބުނެފައިވެއެވެ.
މިއަހަރުގެ ހައްޖު މޫސުން ދިމާވީ ސައޫދީ އަށް އެންމެ ހޫނު ދުވަސްވަރާއެވެ. މިގޮތުން ބައެއް ދުވަސް ދުވަހު 51 ޑިގްރީއަށްވެސް ހޫނުމިން އަރާފައި ވެއެވެ.


ސައޫދީގެ ރަސްމީ ނޫސް އެޖެންސީ އެސްޕީއޭ އިން ހާމަ ކޮށްފައިވާ ގޮތުގައި ހޫނު ގަދަވެގެން މަރުވި މީހުންގެ ހަތަރުބައިކުޅަ ތިންބަޔަކީ ހުއްދަ ނެތި، ނުގަވާއިދުން އެތެރެ ވެފައިވާ މީހުންނެވެ.މި މީހުންނަކީ ގަދަ ހޫނުގައި ދަތުރު ކުރުމާއި އެކު އެކަށީގެންވާ ހިޔާވަހިކަން ލިބިފައި ނުވާމީހުން ކަމަށް ނޫސް އެޖެންސީން ބުނެފައި ވެއެވެ.
މި މީހުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަކަށް ބަލިވެ އުޅުނު މީހުންވެސް މަރުވި މީހުންގެ ތެރޭގައި ހިމެނެއެވެ.
ސައުދީ ސަރުކާރުން ގާއިމް ކޮށްފައިވާ ސިއްހީ މަރުކަޒު ތަކުން ބައިމިލިއަނެއްހާ މީހުންނަށް ފަރުވާދީފައިވާ ކަމަށް ބުނެފައި ވެއެވެ. މީގެތެރޭގައި ނުގަވާއިދުން އެތެރެވެފައިވާ 140،00 މީހުން ހިމެނޭ ކަމަށްވެއެވެ.
މުސްލިމް ބައެއް ގައުމުތަކުން، އެގައުމެއްގެ ހައްޖުވެރިން މަރުވި އަދަދުތައް ވަނީ ހާމަ ކޮށްފައެވެ. މިގޮތުން މިސްރުން 658 މީހުން މަރުވެފައިވާއިރު އިންޑޮނީޝިޔާއިންވެސް 200 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުން ބުނެފައި ވެއެވެ. އިންޑިޔާއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިންވެސް 98 އަށް މީހުން ވަނީ މަރުވެފައެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް 1.8 މިލިއަން މީހުން ވަނީ ސައޫދީ އަރަބިއްޔާއަށް ދަތުރު ކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް