މަށަކަށް ބިރެއް ނެތް

Loading

Facebook
Twitter
WhatsApp

ކޮންމެވެސް ގެއެއްގައި އުޅުނު މީދަލަކަށް އެއްދުވަހަކު އެގޭ އަންހެންމީހާ މީދާ ހިފާކޮއްޓެއް ގަނެގެން އުޅޭތަން ފެނުނެވެ. މިކަމާ މީދާ ވަރަށް ކަންތައް ބޮޑުވެގެން ގޮސް ދަނޑުވެރިއެއް ކަމަށްވާ އެގޭ ވެރިމީހާ ގެންގުޅޭ ކުކުޅު ކައިރީގަ ބުންޏެވެ. މިގޭ މެޑަމް މިއަދު މީދާ ހިފާކޮށްޓެއް ގަނެގެން އައިތަން ދުށީމެވެ. އަހަރެން މިހުންނަނީ އެކަމާ ވަރަށް ދެރަވެ އަދި ބިރުގަނެފައެވެ.

މިހެން ބުނުމުން ކުކުޅު ބުންޏެވެ.ތިޔައީ އަހަރެން ކަހަލަ ކުކުޅަކަށް އޮތް ބިރެއް ނޫނެއް ނޫން ހެއްޔެވެ. ތިޔަ ކޮށި ގަތެއްކަމަކު މަށަކަށް ބިރެއް ނެތެވެ.

ކުކުޅު މިހެން ބުނުމުން މީދާ ދިޔައީ ދަނޑުވެރިޔާ ގެންގުޅޭ ކަންބަޅި ކައިރިއަށެވެ. ގޮސް ހަމަ އެވާހަކަ އެގޮތަށް ކިޔާދީފިއެވެ. ވާހަކަތައް އަޑުއެހުމަށް ފަހު ކަންބަޅިބުންޏެވެ. ތިޔަކަމުން މަށަކަށް ބިރެއް ނެތްތާއެވެ.

މީދާ ހަދާނެގޮތް ހުސްވެގެން އެހީތެރި ކަމަށް އެދިގެން ދެން ދިޔައީ ބަކަރި ކަރިއަށެވެ. ގޮސް މީދަލުގެ ކަންބޮވުންތައް ބަކައްޓަށް ވެސް ކިޔާދީ ރަހުމަތް ތެރިންނާ ވަކިވާން ޖެހޭތީ ހިތާމަ ކުރާ ވާހަކަ ބުންޏެވެ. އަދި ބަކަރީގެ އެހީތެރިކަމަށް އެދުނެވެ.

މީދަލުގެ ވާހަކަތައް އަޑުއެހުމަށް ފަހު ބަކަރި ބުންޏެވެ. ތިޔަކޮށީގެ ސަބަބުން އަހަރެންނަކަށް ބިރެއް ނެތެވެ. މިހެން ބުނުމަށް ފަހު މީދަލަށް ފުރަގަސް ދިނެވެ.

މީދާ ވަރަށް ދެރަވެއްޖެ އެވެ. އަދި ދެން ހަދާނެ ގޮތް ހުސްވެގެން އެނބުރި ގެޔަށް ދިޔައެވެ. ކޮށީގަ ޖެހެން ތައްޔާރު ވުމަށެވެ.

ރޭގަނޑު ދަންވަރު ގޭތެރޭން ބާރު އަޑުފަށެއް އިވުނެވެ. ކޮށީގަ މީދާ ޖެހުނީތީ އެގޭ އަންހެން މީހާ ވަރަށް އުފަލުން ނިކުތެވެ. ނަމަވެސް ކޮށީގަ ޖެހިފައިވަނީ ބޮޑުހަރުފައެއްގެ ނިގޫ ބުރިއެވެ. ކޮށީގަ ތިރީކޮޅު ތާށިވުމުން ހަރުފަ ތެޅިފޮޅިގެންފަ ކައިރީގަ ހުރި އަންހެން މީހާގެ ކަޔަށް ކަށިޖަހާ ވިހަލައިފިއެވެ.

ދަނޑުވެރިޔާ އަށް ނިކުމެވުނުއިރު އަންހެންމީހާ އޮތީވެއްޓިފައެވެ. އަދި ބޮކިދިއްކާ ބެލުމުން ކޮށީގަ ޖެހިފަ އޮތް ހަރުފަ ފެނުނެވެ. އަދި ވީގޮތް އޭނާއަށް ދެނެގަނެވިއްޖެއެވެ.

ދަނޑުވެރިޔާ ވީހާވެސް އަވަހަކަށް އަންހެނުން ގޮވައިގެން ހޮސްޕިޓަލް އަށް ދިޔައެވެ. އަދި ފަރުވާ ފެށިއެވެ. ނަމަވެސް ދިން ބޭހުންވެސް ރަނގަޅުވާގޮތެއް ނުވެއެވެ. ގެއަށް އައިއިރުވަނީ ގަދަޔަށް ހުން އައިސްފަ އެވެ.

ދަނޑުވެރިޔާ  އޭނާގެ އަންހެނުން ހިތްހަމަ ޖައްސާދިނުމަށްޓަކާ އަންހެނުން ނަށް މީރު އެއްޗެއް ކަމަށްވާ ޗިކަން ސުޕް ހަދާދިނުމަށް އަވަސް ވެގަތެވެ.އަދި ސުޕް ހެދުމަށް އަވަސް އަވަހަށް ކުކުޅު ކަތިލާ ސުޕް ހެދުމުގެ މަސައްކަތް ފެށިއެވެ.

އަންހެންމީހާ ބަލިވި ވާހަކަ އަހާ ތިމާގެ މީހުންނާއި އަވަށްޓެރިން ހާލުބަލަން އަންނަމުން ދެއެވެ. މިމީހުންނަށް ކާން ދިނުމަށްޓަކާ ދަނޑުވެރިޔާ ކަންބަޅި ކަތިލާ އޭގެ މަހުން މީރު ކެއުން ތައް ތައްޔާރު ކުރެއެވެ.

ދަނޑުވެރިޔާގެ މިންނެތް މަސައްކަތުންވެސް އޭނާގެ އަންހެނުން ސަލާމަތްވާ ގޮތެއް ނުވިއެވެ.އޭނަ މަރުވީ އެވެ. އެއަށް ފަހު ޖަނާޒާގެ ކަންތަކަށް ޚަރަދު ކުރުމަށް ފައިސާ ހޯދުމަށް ގެރި ކަތިލާ، ގެރިމަސް ވިއްކާ ތަނަކަށް  ވިއްކާލިއެވެ.

މީދާ އޭނާގެ ތިން ރަހުމަތް ތެރިންގެ މަތިން ކޮންމެ ދުވަހަކުވެސް ހަނދާންކޮށް ހިތާމަ ކުރެއެވެ.

މިވާހަކައިން ލިބޭ ފިލާވަޅު:

މީގެ ފަހުން މީހަކުއައިސް އޭނާޔަށް ކުރިމަތިވެފައިވާ ކަންބޮޑުވުމެއްގެ ވާހަކަ ހިއްސާކުރުމުން އެއީ ތިބާއަށް ހުރި ބިރެއް ނޫންކަމަށް ނުބުނާށެވެ.އަދި އެމީހަކަށް ފުރަގަސް ނުދޭށޭވެ. އެވާހަކަތައް އަޑުއަހާށެވެ. ކޮށްދެވޭނެ ކަމެއް ނެތްނަމަ ކުޑަމިނުން ހަމްދަރުދީގެ ބަހެއް ބުނެ އޭނާގެ ހިތްހަމަ ޖައްސާލަދޭށެވެ.  

ދުނިޔޭގައި ގޯސް ގޮތް ގޮތަށް ކަންތައް ހިނގަނީ ހަމައެކަނި ގޯސް މީހުންގެ ގޯސްކަމަކުން ނޫނެވެ. ނަމަވެސް ރަގަޅުމީހުން ކަންތައް ނުކުރާ ގޮތެއްގެ ސަބަބުންނެވެ. އަބަދުވެސް ހަނދާން ކުރާށެވެ. އަނެކާއަށް ހަމްދަރުދީ ވުމަށް ލޯބިކުރާށެވެ.  

Loading

2 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް