މިއަހަރު ޔޫކްރެއިން އަށް 50ބިލިއަން ޑޮލަރުގެއެހީ ދޭން ޖީސެވަން ގައުމު ތަކުން ވައުދު ވެއްޖެ

Loading

Facebook
Twitter
WhatsApp

ދުނިޔޭގައި އެންމެ ތަރައްގީވެފައިވާ ހަތް ގައުމު ޖީސެވަންގެ ވެރިން ގެ ސަމިޓް ބައްދަލްވުން އިޓަލީގެ ރީތި ސަރަހައްދެއްކަމަށްވާ ޕޫލިޔާ ގެ ރިސޯޓެއްގައި ބުރާފަތި ދުވަހު ފެށިފައިވެއެވެ. މިފަހަރުގެ ބައްދަލްވުމުގައި ވެރިން އެންމެ އިސްކަން ދެއްވާނެ މައްސަލަ ތަކުގެ ތެރޭގައި ޔޫކްރެއިން ހަނގުރާމަ އަދި ޣައްޒާ ހަނގުރާމަ ހުއްޓާލުމާބެހޭ ވާހަކަތައް ހިމެނެއެވެ.ޖޫން 13ން15އަށް ކުރިޔަށް ދާ ސަމިޓްގައި އެމެރިކާ،އިގިރޭސިވިލާތް،ކެނެޑާ،ޖަރމަނީ،އިޓަލީ،ޖަޕާން އަދި ފްރާންސްގެ ވެރިން ދަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

ސަމިޓް ފެށެން ތައްޔާރުވެފައި ވަނިކޮން ފްރާންސްގެ ރިޔާސީ ގަނޑުވަރުގެ ފަރާތުން އިއުލާން ކޮށްފައިވާ ގޮތުގައި މިއަހަރު ނިމުގެ ކުރިން  ޔޫކްރެއިން އަށް 50ބިލިއަން ޑޮލަރު ފޯރުކޮށްދޭނެކަމަށް ޖީސެވަން ގައުމު ތަކުން ވަނީވައުދު ވެފައެވެ.މިފައިސާ އަކީ ލޯނެއް ކަމަށާ އަދި އެއީ ސެންޓްރަލް ބޭންކްގައި ހިފެހެއްޓިފައިހުރި ރަޝިޔާގެ 325 ބިލިއަން ޑޮލަރުގެ އިންޓްރެސްޓަށް އަރާނެ ފައިސާކަމަށް ފްރާންސުން ބުނެފައި ވެއެވެ.

ސަމިޓް ކުރިޔަށްދާ ޕޫލިޔާ އަށް ޔޫކްރެއިންގެ ލީޑަރ ޒެލެންސްކީ މިހާރު ވަޑައިގެންފައިވާއިރު ރައީސް ބައިޑަން ބުރާސްފަތިދުވަހު ޒެލެންސްކީއާ ބައްދަލް ކުރައްވާ ގޮތަށް ވަނީ ހަމަ ޖެހިފައެވެ. މިބައްދަލް ކުރެއްވުމުގައި އެމެރިކާއިން ޔޫކްރެއިންއަށް ދާއިމީ ގޮތެއްގައި އެހީވަމުން ދާނެކަން އަންގާދޭ އެއްބަސް ވުމެއްގައި ސޮއި ކުރުން އޮންނާނެއެވެ.

އިންޑިޔާވެސް އައުޓްރީޗް ގައުމެއްގެ ގޮތުގައި މިފަހަރުގެ ޖީސެވަން ސަމިޓްގައި ބައިވެރިވާގޮތަށް ހަމަ ޖެހިފައިވާއިރު ބޮޑުވަޒީރު ނަރެންދުރަމޯދީ ވަނީ ބުރާސްފަތި ދުވަހު އިޓަލީ އަށް ދަތުރު ކުރައްވާފައެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް