ރުޅި އިސްކުރުމުގެ ނަތީޖާ

Loading

Facebook
Twitter
WhatsApp

އަހަރެންގެ އަންހެނުން އެއްރެޔަކު ވަރަށް ލަހުން ގެޔަށް އައެވެ. އޭރު އަހަރެން ހުރީ ރުޅިއައިސްގެން ހަލާކުވާ ވަރުވެފައެވެ. އަހަރެން ހަޅޭއްލަވައިގަތީމެވެ. މިއޮއްދަންވަރު ތިޔައީ ކޮންތާކު ތެޅިފަ ހެއްޔެވެ. އަހަރެންގެ ފޯނަށް ޖަވާބު ނުދިނީ ކީއްވެގެން ހެއްޔެވެ. ގޭގަ ކާނެ އެއްޗެއްވެސް ނެތްކަން ނޭނގޭ ހެއްޔެވެ. މިސުވާލު ތަކުގެ ޖަވާބުގައި އަންހެނުން ބުންޏެވެ. ހަނީއެވެ. މިއަދު ދިމާވި ކަންތައް ކިޔާދެންދެން މަޑުކޮށްބަލާށެވެ. ހާދަހާ ވަރުބަލިވެސް ވެއްޖެއެވެ.

އަހަރެން ގެ ރުޅި ދިޔައީ ހައްތަހާ މައްޗަށެވެ. މަގޭ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ތިޔަދައްކަނީ ކޮންހާ އިތުރު ވާހަކަ އެއް ހެއްޔެވެ. އަހަރެންގެ ފޯނަށް ޖަވާބު ނުދިނީ ކީއްވެގެން ހެއްޔެވެ. އަހަރެންނަށް ރޭގަނޑުގެ ކެއުން ތައްޔާރު ކުރުމަށްފަހު ނޫނީ އަނގަ ވެސް ހުޅުވާލައިގެން ނުވާނެއެވެ. މިހެން ކިޔާ ހަޅޭއްލަވައިގަތުމަށް ފަހު ވަރަށް ބާރަށް ކަންކަށިމަތީ ޖަހައިފީމެވެ. އަންހެނުން ދިޔައީ ވިއްސައިގެންނެވެ. އަދި ވަރަށް ބާރަށް ވެއްޓިއްޖެ އެވެ. ބޯ ބާރަށް ތަޅުންގަނޑު މަތީގައި ޖެހުނެވެ. އަހަރެން އެކަމާ އަޅާވެސް ނުލާ އަދިވެސް ހިތަށް އައިހާއެއްޗެއް ގޮވާ ހަޅެއްލަވަމުން  ގޮސް ކޮޓަރިއަށް ވަދެއްޖައީމެވެ.

އިރުކޮޅަކުން ބަލާލިއިރު އަންހެނުން އޮތީ ޚަބަރު ހުސްވެފައެވެ. އެއްވެސް ވަރަކަށް ގުޑިވެސް ނުލައެވެ.އަހަރެންގެ ދެފައި ތުރުތުރު އަޅައިގެން ދިޔައެވެ. އަވަސްއަވަހަށް ކާރުގެ ތަޅުދަނޑި ހިފައިގެން އައިސް އަންހެނުން އުފުލާލައިގެން ގެންގޮސް ކާރަށް ލައިގެން ބާރަށް ދުއްވާފަ ހޮސްޕިޓަލަށް ދިޔައިމެވެ. އަދި އިމަޖެންސީ އަށް ގޮސް އަންހެނުން ހަވާލު ކޮށްފީމެވެ.

އަހަރެން ނަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭގެއެވެ. ޑޮކްޓަރާ ސުވާލު ސުވާލު ކުރަމުން ގެންދިޔައިމެވެ.

އެކަމަކު އަހަރެން ކުރާ ސުވާލު އޭނަޔަށް އަޑުއިވޭހެނެއް ހިއެއް ނުވެއެވެ. އޭނާ ބުންޏެވެ. މިއަދު ހަވީރު ކަލޭގެ އަންހެނުން ކަލޭގެ މަންމަ ގޮވައިގެން އައެވެ. މަންމަ އަށް ހާޓް އެޓޭކެއް ޖެހުނީއެވެ. އޭނަ ދިހަ މިނެޓް ލަސްވި ނަމަވެސް މަންމަގެ ފުރާނަ ސަލާމަތް ނުކުރެވުނީހެވެ. އޭނަގެ ފޯނު ނިވިފަ އޮތީމަ ކަލެޔަށް ނުގުޅުނު ވާހަކަ ބުންޏެވެ. އަދި ގެޔަށް ގޮއްސަ ވީގޮތް ކިޔާދޭނެ ކަމަށް ބުންޏެވެ. ކަލޭގެ އަންހެނުން ނަކީ ވަރަށް ރަގަޅު މީހެއްކަން އަހަރެންނަށް ފާހަގަ ވިއެވެ.

އަހަރެންގެ ކަރުނަ ހިފެހެއްޓޭ ގޮތެއް ނުވިއެވެ.ބާރަށް ރޯން ފެށުނެވެ. މަންމަ ކޮބައިތޯ އަހާލަންވެސް އަހަރެން ހަނދާނެއް ނުވިއެވެ. ޑޮކްޓަރުގެ ގިރުއާނުގައި ހިފާ ބާރަށް ދަމައިގަނެފައި އަހަރެން ހަޅޭއްލަވައިގަތީމެވެ. އަހަރެންގެ އަންހެނުން ކޮބާ ހެއްޔެވެ.އަހަރެން އޭނަކައިރިޔަށް ގެންގޮސްދޭށެވެ.

ގަދަކަމުން އަހަރެން ގެ އަތް އޭނާގެ ގިރުއާނުން ނައްޓާލުމަށް ފަހު ޑޮކްޓަރު ބުންޏެވެ. މާފުކުރާށެވެ. ކަލޭގެ އަންހެނުން ސަލާމަތް ކުރެވޭ ގޮތެއް ނުވިއެވެ. އޭނަ ބޮލަށް ލިބުނު އަނިޔާ ގެ ސަބަބުން ހޭނާރާ އޮވެ ވަނީ މަރުވެފައެވެ.

އަހަރެންނަށް ދުނިޔެ އެނބުރެން ފަށައިފި އެވެ. ވެއްޓުނު ކަންވެސް އަހަރެންނަކަށް ނޭގުނެވެ.

މިއިން ދަސްވާ ފިލާވަޅަކީ ރުޅިއަންނަ ވަގުތު ކެތްތެރިވާންޖެހޭ ކަމުގެ ފިލާވަޅެވެ.

އިގިރޭސި ބަހުން ލިޔާއިރު ”އެންގަރ“ އަދި ”ޑޭންޖަރ“ މިދެލަފްޒުގެ ހަމަ އެކަނި ތަފާތަކީ ”ޑީ“ އަކުރެވެ. ”ޑިސްޓްރަކްޝަން“، ”ޑެމޭޖް“، ”ޑެތު“ ފެށެނީ ވެސް ޑީ އަކުރުންނެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް