އަގުބޮޑު ކާރެއް 15 ޑޮލަރަށް ލިބުނު ގޮތުގެ ވާހަކަ

Loading

Facebook
Twitter
WhatsApp

ކޮންމެވެސް ގައުމެއްގައި އުޅުނު އުމުރުން 15 އަހަރުގެ ކުއްޖަކު އެއްދުވަހަކު އަގުބޮޑު ޕޯޝް ކާރެއްގައި ގެޔަށް ދިޔައެވެ. އެކުއްޖާ އެހާއަގުބޮޑު ކާރެއް ދުއްވާފަ އައިތަން ފެނިފަ އޭނަގެ މަންމައާއި ބައްޕަ ވަރަށް ކަންތައް ބޮޑުވެއްޖެއެވެ. އަދި ދެފަރާތުން ދެމީހުން ސުވާލު ކުރަން ފެށިއެވެ.

ތިޔައީ ކާކުގެ ކާރެއް ހެއްޔެވެ. އަދި ދަރިފުޅު ދުއްވާފަ ތިޔައައީ ކީއްވެގެން ހެއްޔެވެ.ބުނީމަ އެކުއްޖާ ބުންޏެވެ.މިއީ މިހާރު އަޅުގަނޑުގެ ކާރެކެވެ.މިމަގުގަ އެހެރަ ބޮޑު ގޭ އަންހެން މީހާ އަޅުގަނޑަށް ވިއްކި ކާރެކެވެ. މިއަދު އަޅުގަނޑު ބައިސްކަލުގަ މިމަގުން ދުއްވާފަ ގެއަށް އަންނަނިކޮން އޭނާ ގޮވާލާފަ ބުންޏެވެ. 15 ޑޮލަރަށް ޕޯޝް ކާރެއް ގަންނަން ބޭނުންހެއްޔެވެ. އަޅުގަނޑު އާއެކޭ ބުނީމަ އަޅުގަނޑަށް ވިއްކީއެވެ.

މިހެންބުނުމުން އަންހެން މީހާ އާނާގެ ފިރިމީހާޔަށް ބުންޏެވެ. ތިޔަމީހާ ދެން ކުރާނީ ކޮންފަދަ ކަމެއް ކަންވެސް ނޭގެއެވެ. އަވަހަށް ދާށެވެ. ގޮސްއޭނާއާ ބައްދަލް ކޮށް މިއީ ކިހިނެއް ވާކަމެއްތޯ ސުވާލު ކުރާށެވެ.

ކުއްޖާ ގޮވައިގެން ކުއްޖާގެ ބައްޕަ އެގެޔަށް ދިޔަ އިރު އެއަންހެން މީހާ ވަރަށް ހަމަޖެހިލާފަ އޭނާގެ ގާޑްން ތެރޭގަ ގަސްތަކަށް ފެންދީ ހަދަން އެބައުޅެއެވެ.

ފިރިހެން މީހާ ދިޔަގޮތަށް ގޮސް އަމިއްލަޔަށް ތައާރަފް ވެފައި ބުންޏެވެ. އަހަރެންމީ މިއަދު ހުދުނު އޭނާ 15 ޑޮލަރަށް ޕޯޝް ކާރެއް ވިއްކި ކުއްޖާގެ ބައްޕަކަމަށާ، އެއީ ތެދެއްތޯ އަދި ތެދެއްނަމަ އެއީ ކިހިނެއް ހިނގި ކަމެއްތޯ ސުވާލު ކުރިއެވެ.

އަންހެން މީހާ ޖަވާބުދިނެވެ. އެއީ ތެދެކެވެ. އަހަރެން އޭނާއަށް ކާރު ވިއްކީމެވެ. މިއަދު ހެނދުނު އަހަރެންގެ ފިރިމީހާގެ ފޯންކޯލް އެއް އަހަރެންނަށް ލިބުނެވެ. އަހަރެންނަށް އިނގިފަ އޮތީ އޭނާ ބޭރަށް ދިޔައީ އޮފީސް ދަތުރެއްގައި ކަމަށެވެ. ނަމަވެސް ރައްޓެއްސެއްގެ ފަރާތުން އިނގުނީ އޭނަ ދިޔައީ އޭނާ ލޯބިވެގެންއުޅޭ އޭނާގެ ސެކްރެޓަރީ ގޮވައިގެން ހަވާއީ އަށް ކަމެވެ. އަދި އޭނައެނބުރި އަހަރެން ގާތަށް ނާންނާނެކަމެވެ. މިއަދު ހެދުނު އަހަރެންނަށް ގުޅާފަ ފިރިމީހާ އެދުނީ އޭނާގެ ޕޯޝް ވިއްކާލާފަ ލާރި ކޮޅު ފޮނުވާދިނުމަށެވެ. އެހެންވެ ޕޯޝްވިއްކާލީއެވެ !

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް