ނަސީބުވެރި ބޮއް

Loading

Facebook
Twitter
WhatsApp

އެއްޒަމާނެއްގައި ކޮންމެވެސް ހިސާބެއްގެ ޖަންގައްޔެއްގައި މުސްކުޅި ބޮކެއް އުޅުނެވެ.މިބޮކަށް ހުރިހާ ޖަނަވާރުތައް ދީފައިވާ ނަމަކީ ސޭކު މުސްކުޅި ބޮކެވެ.މި ބޮކުގެ ޚާއްސަ ސިފަޔަކީ ބުއްދީގެ ގޮތުން ވަރަށް ބޮޑަށް ދަށް ވުމެވެ. މިބޮކަށް ހަމަ އެއްވެސް ކަމެއް ފަހުމް ނުވާ ކަމަށް ވެއެވެ.ބޮއް ކަންތައް ކުރާ ގޮތުން އެހެން ހުރިހާ ޖަނަވާރު ތައް ތިބެނީ ހީހީ ކަމަށް ވެއެވެ. ބޮކަކީ އެއްވެސް އެއްޗެއް ކަމަށް ނުދެކި އެއަށް އެއްވެސް ޖަނަވާރަކު އިހުތިރާމް ނުކުރާކަމަށް ވެއެވެ.

ބުއްދީގެ ގޮތުން ބޮއް ކިތަންމެ ދަށް ނަމަވެސް ބޮކަކީ ވަރަށްވެސް ހިތްހެޔޮ، އެހެން ޖަނަވާރު ތަކަށް އެހީތެރި ވުމަށް ތައްޔާރަށް އޮންނަ އެއްޗެއް ކަމަށް ވެއެވެ. އަދި މިބޮކަކީ ދީލަތި ވީވަރަކުން އެހެން ޖަނަވާރު ތަކަށް އެހީފޯރުވާދޭ  ޖަނަވާރެއް ކަމަށް ވެއެވެ.

މިހެން އުޅެނިކޮށް ޖަންގަލީގެ ރަސްގެފާނު އެއްދުވަހަކު ހުރިހާޖަނަވާރު ތަކުގެ މެދުގައި ކުއިޒް މުބާރާތެއް ބާއްވަން ނިންމެވިއެވެ. މިމުބާރާތަށް ވަރަށް ބައިވަރު ފައިސާގެ އިނާމާ އެހެންވެސް ތަކެތިކަނޑައެޅުއްވިއެވެ. އަދި އެންމެން މަޝްވަރާކޮށްފައި މުބާރާތުގައި ބައިވެރިވާނެ ފަސް ޖަނަވާރެއްގެ ނަން ހުށައެޅުމަށް އެންގެވިއެވެ. މިގޮތުން ހޮވި ފަސް ޖަނަވާރުގެ ތެރޭގައި އެއްކަލަ މުސްކުޅި ބޮއްވެސް ހޮވިއެވެ. ބޭނުމަކަށް ވީ ޖަވާބު ނޭގުމުން ބޮކަށް މަލާމަތްކޮށްފަ ހުނުމެވެ.

މުބާރާތުގެ ވަގުތު ޖެހުމުން ފުރަތަމަ ސުވާލު ހުށައެޅިއްޖެ އެވެ. އެންމެ ބާރަށް ދަތްއަޅާ ޖަނަވާރަކީ ކޮބާހެއްޔެވެ؟ މިސުވާލުގެ ޖަވާބު ވިސްނާ ވިސްނާވެސް އެއްވެސް ޖަނަވާރަކަށް ނޭގުނެވެ. ހުރިހާ ޖަނަވާރު ތައް ބޮކާދިމާލަށް ބަލަން ފަށައިފިއެވެ.

އިރުކޮޅަކުން ބޮއްވަރަށް ބާރަށް ހަޅޭއްލަވައިގެންފިއެވެ. ”ކަނޑުގެރިއެވެ.“ މިހެންބުނުމުން ރަސްގެފާނު ވިދާޅުވިއެވެ. އާނ ރަގަޅެވެ. ތިޔައީ ރަގަޅު ޖަވާބެވެ. އެހެން ވީމަ މުބާރާތަށް ކަނޑައެޅި އަގުބޮޑު އިނާމު ތައް ބޮކަށް ލިބުނީއެވެ.

މިހެން ވިދާޅުވެފަ ކަނޑައެޅި ހުރިހާ ފައިސާގެ އިނާމުތަކާ އެހެންވެސް ތަކެތި ބޮކަށް ދެއްވައިފިއެވެ.

މުބާރާތްނިމި އެކިޖަނަވާރު އެކި ދިމާލަށް ދަމުން ކޮންމެވެސް އެއްޖަނަވާރަކު ބޮއް ކައިރީ އެހިއެވެ. ކަލެއަށް ސުވާލުގެ ޖަވާބު އެހާފަސޭހައިން އެނގުނީ ކިހިނެއް ހެއްޔެވެ. ބުނީމަ ބޮއް ބުންޏެވެ. މަށަށް ޖަވާބު އެނގުނީކީ ނޫނެވެ. އެއީހަމަ ނަސީބެވެ. އަހަރެން ބަލާލިތަނާ ފެނުނީ އަހަރެން ރައްކާކޮށްގެން ގެންގުޅުނު މީރު ކާއެއްޗެއް ކަނޑުގެރި ކާލިތަނެވެ. އެހެންވެ އޭތި ހުއްޓުވަން ކަމަށް އޭތީގެ ނަމުން ގޮވާ ހަޅޭއްލަވައިގަނެވުނީ އެވެ.

މިވާހަކައިން ދަސްވާންވީ ފިލާވަޅު:

އެއްވެސް މީހަކު އެއީ ވަކި ދަށް މީހަކުކަމަށް ދެކިގެން މަލާމާތް ކޮށް ނުހަދާށެވެ. ނަސީބުގެ ސަބަބުން ނުވަތަ ލިބޭ ކުއްލި ފުރުސަތެއްގެ ސަބަބުންވެސް އެމީހެއްގެ ހަޔާތް ބަދަލުވެ ފެންވަރު މަތިވެގެން   ހިގައިދާނެއެވެ.   

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް