އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ މާނައަކީ ރާއްޖެއަށް ޔަހޫދީން އައުން މަނާކުރުން ކަމަށް ސިފަކުރައްވައި، އެއީ ”ފުންކޮށް ވިސްނައިލަން ޖެހޭ“ ކަމެއް ކަމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމުގެ ސަބަބުން އެ ގައުމުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް އައުން މަނާކުރަން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ހުށަހެޅުއްވި ބިލަށް މަޖިލީހުގައި މިއަދު ފެށި ބަހުސްގައި ގާސިމް ވިދާޅުވީ، އިޒްރޭލު މީހުން ރާއްޖެއަށް އައުން މަނާކުރުމަކީ ރާއްޖެއަށް ޔަހޫދީން އައުން މަނާކުރުން ކަމަށް ވާނެ ކަމަށެވެ.
”އިޒްރޭލުގެ ނެޝަނަލިޓީ އޮތް މީހަކު ރާއްޖެއަށް ނާދެވޭ ގޮތަށް އަޅުގަނޑުމެން ނިންމައިލާއިރު އޭގެ މާނައަކީ ޔަހޫދީންނަށް ނާދެވޭ ގޮތަށް ނިންމާ ވާހަކަަ އެ ވިދާޅުވެވެނީ ކުރުގޮތެއްގައި ބުނާކަމަށް ވަންޏާ. އެހެންވީމާ ﷲ ބާވާލައްވާފައިވާ ދީނެއްގައި ރަސޫލުންނަށް އީމާން ވެފައި ތިބި ބަަޔަކަށް ވާހިނދު އަޅުގަނޑުމެންނަށް އެފަދަ ކަމެއް ކުރުމުގެ ފުރުސަތާ މެދު ވަރަށް ފުންކޮށް، އަޅުގަނޑުމެން އެ ނަޒަރިއްޔާއިން ވިސްނައިލަން ޖެހޭނެ، އެކަމާ މެދު ވަރަށް ފިކުރުވެރިކަމާ އެކު ވިސްނައިލަން ޖެހޭނެ،“ ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި، އެމްޑީޕީން ބިލު ހުށަހެޅީ ވިސްނަން ޖެހޭ ވަރަށް ނުވިސްނަވާ އެވެ. އަދި އެ ބިލު ހުށަހެޅުއްވި މެންބަރުގެ ނިޔަތާ މެދު ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.
”ސިޔާސީ ގޮތުން ޕީއެންސީގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި [އަދި] ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެދުމަށްޓަކައި ހުށަހެޅިފައިވާ މައްސަލައެއް ކަމުގައި އަޅުގަނޑު ދެކޭތީ އެ ވާހަކަ ދަންނަވާލަން،“ ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި، އޭނާ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވަނީ އެއް ގޮތަކަށް ވެސް ”ފަލަސްތީނުގެ ރައްޔިތުންނަަށް އެ ލިބެމުންދާ އަނިޔާވެރިކަމާއި ނިކަމެތިކަން އަޅުގަނޑުމެންގެ ހިތަށް ނުގެންނާތީއެއް ނޫން“ ކަމަށެވެ.
”ދިވެހިރާއްޖެ ނޫނަސް އިސްލާމީ ގައުމުތައް ދުނިޔޭގައި ވަރަށް ބައިވަރު ގިނަ ގައުމުތައް އެބަވޭ، އެހެން ނަމަވެސް މިފަދަ ފިޔަވަޅެއް އަޅަން ރައްޔިތުންގެ މަޖިލީހަށް، އެތަނެއްގެ ޕާލަމެންޓަށް ހުށަހެޅިގެން ވާހަކަ ދެކެވޭ ފުރަތަމަ މަޖިލީހަކީ ވެސް މީ ކަން ނޭނގެ،“ ގާސިމް ވިދާޅުވި އެވެ.
އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ޓަކައި މީކާއީލް ހުށަހެޅުއްވި ބިލުގައި އޮތީ އިމިގްރޭޝަން ގާނޫނަށް އަކުރެއް އިތުރުކޮށް، އިޒްރޭލުގެ ޕާސްޕޯޓް އޮންނަ މީހުންނާއި އިޒްރޭލު ޕާސްޕޯޓާއި އެކު އެހެން ގައުމެއްގެ ޕާސްޕޯޓް އޮންނަ މީހުންނަށް ވެސް ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް އެ ގާނޫނު ބަދަލުކުރުމަށެވެ.
3 Responses
ގާސިމަށް ކަންބޮޑީ ސާޅީސްހާސް މުލިމުން އިޒްރޭލުން ކަތިލައި އެމީހުންގެ ގެދޮރު ފުނޑާލުމެއް ނޫން. އޭނާގެ ރެސޯޓްތަކަށް ޔަހޫދިން އައިސްގެން ލިބޭ ޑޮލަރުކޮޅު ގެއްލުން. ވީމާ އެއީ ފޮތުގެ އަހުލުވެރީންނޯ. އާހ! އެއީ ތެދެކެވެ. ހުރިހާ އޮރިޔާން ލާދީނީ މެގެޒިން ފޮތްތަކުގެ އަހުލުވެރީންނަކީވެސް ޒައަނިސްޓު ޔަހޫދީނެނެވެ. ވީމާ ގާސިމަށް ވަރަށް ސަލާމް.
ގާސިމުގެ ވާހަކަފުޅުގައި ދެވަނަފަހަރަކަށް ވިސްނާލުން ރަނގަޅު ނުކުތާއެއް އެބައޮތެވެ. އިސްރާއީލުގެ ކޮންމެ މީހަކީ އިސްރާއީލު ސަރުކާރުން ފަލަސްތީނުގެ ރައްތިޔުންނާމެދު ހިންގާ ގަތުލުއާންމު ބަލާގަންނަ ބައެއް ނޫނެވެ. އެގައުމުގައިވެސް އެތައްބަޔަކުގެންދަނީ ހަނގުރާމަ ހުއްޓާލުމަށާއި ދެ ދައުލަތުގެ ސިޔާސަތަށް ތާއީދު ކުރަމުންނެވެ.
ހަގީގަތަށް ވިސްނާނަމަ ފަލަސްތީނުގެ ރައްޔިތުން ލިބޭ ހުރިހާއަނިޔާއަކާއި ނިކަމެތިކަމެއްގެ ހަނމުށި ހިފައިގެންތިބީ އެމެރިކާއިންނެވެ. އ ދ ގެ ގަރާރުތައް ވީޓޯކޮށް ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށްޓަކައި މިހާތަނަށް ކުރެވުނު ހުރިހާ މަސައްކަތެއް ފަނިކޮށްލުމުގެ މޭސްތިރިންނަކީ އޭރުވެސް އަދި މިހާރުވެސް އެމެރިކާއެވެ. އެކަން ނޭންގޭ މީހަކު ނުހުންނާނެއެވެ. އެމެރިކާގެ ހުރިހާ ރައްޔިތުންނެއް ނޫނެވެ. އެމެރިކާ މީހުން ރާއްޖެ އައުން މަނާކުރަން އަނގަ ހުޅުވާލަން ކެރޭ މެމްބަރަކުވެސް ނުހުންނާނެއެވެ.
ބޭބެ އަނެއްކާ، ބާވާލެއްވި ދީނެކޭ ކިޔާ ދީން ބަދަލު ނުކުރާތި.
ކަލޭގެ ޖާހިލުކަން ނިކަން ދެނެގަނެބަލަ، މާތް ﷲ ދީނެއްކަމުގައި އިސްލާމް ދީން ގަބޫލް ކުރެއްވުމަށްފަހު، އިސްލާމް ވެގެން ތިބި ބަޔަކު ގޮއްވާ، ތަޅާ މަރާ، އަންދާ ހަދާއިރު ކަލޭ ތިވިސްނަނީ މާއްދިއްޔަތަށް، އަތުން ފައިސާ އެއް މަދުވެދާނެތީ.
ތީ މިރާއްޖޭގެ އެއް މަހުޖަނު، ކަލޭމެން އިސްލާމް ދީނަށް ނަސްރު ނުދީ، ޔަހޫދީ ދީން ތި ޕްރޮމޯޓް ކުރަނީ.