ދޫނިރޯގާ ޖެހިގެން މެކްސިކޯއިން މީހަކު މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

އެޗްފައިވް އެން-ޓޫ ނުވަތަ ދޫނިރޯގާ ޖެހިގެން އިންސާނަކު މަރުވެއްޖެ ކަމަށް ޑަބްލިއު އެޗް އޯ އިން ހާމަ ކޮށްފިއެވެ. މިބަލީގައި ފުރަތަމަ އިންސާނަކު މަރުވެފައި މިވަނީ މެކްސިކޯއިންނެވެ. ޑަބްލިއު އެޗްއޯ އިން ބުދަދުވަހު ބުނެފައިވާ ގޮތުގައި މިމީހާ ގަޔަށް ބަރޑް ފްލޫ ނުވަތަ ދޫނިރޯގާ އެރީ ކިހިނެއް ކަމެއް ނޭގުނު ނަމަވެސް މެކްސިކޯގައި ވިއްސާ ބޮޑުކުރާ ކުކުޅުން އެޗްފައިވް އެން-ޓޫ ގެ ވައިރަސް ވަނީ ފެނިފައެވެ.

ދޫނިރޯގާގެ ވައިރަހަށް ބަދަލު ތަކެއް އައިސް އިންސާނުންނަށް ބަލިޖެހޭ ގޮތްވެދާނެ ކަމަށް ބަލައި ސައިސްވެރިން ތިބީ އެލަރޓް ގައި ކަމަށް ވެއެވެ. ނަމަވެސް އދގެ އޭޖެންސީން ބުނާ ގޮތުގައި އަދި މިވަގުތު ބަރޑް ފްލޫ ވައިރަހުގެ ސަބަބުން މެކްސިކޯގެ އާންމު ރައްޔިތުންނަށް ބިރެއް ނެތެވެ.

ދޫނިރޯގާޖެހިގެން މަރުވެފައިވަނީ 59 އަހަރުގެ ފިރިހެނެކެވެ. އެޕްރިލް 24 ވަނަ ދުވަހު އޭނާ މަރުވެފައިވަނީ ހުންއައިސް ބޭރަށް ހިންގާ މޭނުބައިކޮށް ނޭވާލާން އުނދަގޫވުންފަދަ އުދަގޫތަކެއް ގައި އުޅުމަށް ފަހުއެވެ.

މެކްސިކޯގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދޫނިރޯގާޖެހިގެން މަރުވި މީހާގެ ގައިން އެހެން މީހަކަށް މިބަލި އަރާފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. މަރުވި މީހާގެ އެހެން ސިއްހީ މައްސަލަ ތަކެއްވެސް ހުރި ކަމަށާ، އޭނައާ ކޮންޓެކްޓްވި އެންމެންވެސް ޓެސްޓް ކުރެވި ދޫނިރޯގާ އަށް ނެގަޓިވް ވެފައިވާކަމަށް ބުނެފައި ވެއެވެ.

މާރޗް މަހު މެކްސިކޯގައި އަމިއްލަ މީހަކު ކުކުޅު ގެންގުޅޭ ތަނަކުން އެޗްފައިވް އެން-ޓޫ ފެނިފައި ވެއެވެ. ނަމަވެސް ވިޔަފާރިޔަށް ކުކުޅުގެންގުޅޭ ފާމް ތަކަށްވެސް އަދި އިންސާނުންނަށްވެސް ބިރެއް ނެތް ކަމަށް އޭރު ބުނެފައި ވެއެވެ.

ބަރޑް ފްލޫގެ އެހެން ވައްތަރެއްކަމަށްވާ އެޗްފައިވް އެން-ސިކްސް ޖެހިގެން ޗައިނާއިން 2021 ވަނަ އަހަރު 18 މީހުން މަރުވެފައިވެއެވެ.

ފާމްތަކުގައި ވިއްސާ ގެންގުޅޭ ކުކުޅާ އަސްދޫނިފަދަ ދޫނިތަކަށް ޖެހޭ މިރޯގާގައި އެއްފަހަރާ އެތައްސަތޭކަ ދޫނި މަރުވެއެވެ. މިތަކެތި ނައްތާނުލާ ތިންވަނަ ދުނިޔޭގެ ގައުމު ތަކަށް ވިއްކާކަމުގެ ޚަބަރުތަކެއްވެސް އޭރު ފެންމަތި ވެފައި ވެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް