އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަމޯދީ، ރައީސް ޑްރޫޕަޑީ މުރުމޫ އާއި މިއަދު ބައްދަލް ކުރައްވާ އިސްތިއުފާގެ ސިޓީ ހަވާލުކުރައްވާފައި ވެއެވެ. މޯދީ އާއި އެކު ކައުންސިލް އޮފް .މިނިސްޓަރސް ވެސް ވަނީ އިންތިއުފާ ދެއްވާފައެވެ
އައު ސަރުކާރެއް ހުވާކުރުމުގެ ކުރިން އެއިރަކު އޮންނަ ސަރުކާރެއް އިސްތިއުފާ ދިނުމަކީ އިންޑިޔާގެ ވެރިކަމުގެ ނިޒާމުގައި އުސޫލެއްގެ ގޮތުން ކަންތައް ކުރަމުން އަންނަ ގޮތެވެ.
މޯދީގެ އިސްތިއުފާ އާއި އެކު ރައީސް މުރުމޫ ވަނީ އެކަން ގަބޫލު ކުރައްވާފައެވެ. ނަމަވެސް އައު ސަރުކާރު އެކުލަވާލެވެންދެން މޯދީ އާއި މިނިސްޓަރުން މަގާމުގައި ދެމިތިއްބެވުމަށް އަންގަވާފައިވެއެވެ.
އިންޑިޔާގެ ސަރުކާރު އިސްތިއުފާދިނީ މިހާރު ހިނގާ 17ވަނަ މަޖިލީސް އުވާލުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ. އެއީ 2019 އިން 2024އަށް ކުރިޔަށް ދިޔަ މަޖިލީހެވެ.
ސަރުކާރު އިސްތިއުފާ ދިނުމުގެ ކުރިން ނަރެންދުރަމޯދީ ވަނީ ބުދަދުވަހު ކެބިނެޓް ބައްދަލްވުމެއް ބާއްވަވާފައެވެ.
ބީޖޭޕީ އިސްވެ އޮވެ އުފައްދާފައިވާ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސުން އަލަށް ހޮވުނު މެމްބަރުން ނާއެކު ހުކުރު ދުވަހު ބައްދަލަ ވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލް ވުމުގައި ސަރުކާރު އެކުލަވާލުމާއި ބެހޭ މަޝްވަރާތައް ކުރިޔަށް ދާނެއެވެ.