އިންޑިޔާގެ ލޮކްސަބާ އިންތިޚާބް: ބީޖޭޕީ އަށް ވެއްޓުމެއް

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ލޮކްސަބާ ނުވަތަ މަޖިލީހުގެ ތިރިގެޔަސް މެމްބަރުން ހޮވުމަށް ބޭއްވި އިންތިޚާބްގެ ވަގުތީ ނަތީޖާ ހާމަކޮށްފައިވާއިރު ބޮޑުވަޒީރު ނަރެންދުރަމޯދީ ގެ ބީޖޭޕީ އަށް ކުރިން ހީކުރެވުނު ވަރުގެ ކާމިޔާބީ އެއް ލިބިފައެއް ނުވެއެވެ. އެއްޕާޓީ އެކަނި ސަރުކާރެއް އުފެއްދުމަށް ބޭނުންވާ 272 ގޮނޑި ބީޖޭޕީ އަށް ކާމިޔާބް ކުރެވިއެއް ނުވެއެވެ. ބީޖޭޕީ އަށް އެކަނި ލިބިފައިވަނީ 240 ގޮޑިއެވެ. ބީޖޭޕީ އިސްވެ އޮވެ އުފައްދާފައިވާ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް އަށް ޖުމްލަ 293 ގޮނޑި ކާމިޔާބު ކުރެވިފައިވާއިރު، ރާހުލް ގާންދީ އިސްވެ ހުންނަވާ އުފައްދަވާފައިވާ އިދިކޮޅު އިންޑިޔާ ގްރޫޕް އަށް ލިބިފައިވަނީ 232 ގޮޑިއެވެ. މިއީ ކުރިން ހީކުރެވުނު ވަރަށް ވުރެބޮޑު ކާމިޔާބީ އެއްކަމަށް ޚަބަރުތައް ބުނެއެވެ.

ރާހުލް ގާންދީ ލީޑް ކުރައްވާ އިދިކޮޅު އިންޑިޔާ ގްރޫޕުން އަދި ބަލި ގަބޫލު ކޮށްފައެއް ނުވެއެވެ. އަދި ދެން އަޅާނެ ފިޔަވަޅަކާމެދު މަޝްވަރާކުރުމަށް މިއަދު އެލަޔަންސް ބައްދަލްވާނެ ކަމަށް ބުނެފައި ވެއެވެ.

ބިލިއަން މީހުންގެ އާދާބީ އެއްއޮންނަ، ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ އާންމު އިންތިޚާބް ބާއްވާފައިވަނީ ހަތް ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ހަ ހަފްތާއަށް ކުރިޔަށް ދިޔަ އިންތިޚާބްގެ ނަތީޖާ އިއްޔެ ވަނީ އިއުލާން ކޮށްފަ އެވެ. ނަތީޖާއިން ފާހަގަވި ބައެއް ކަންކަމަށް ބަލާލާއިރު،   

– އިންތިޚާބަށްފަހު ބޮޑުވަޒީރު ނަރެންދުރަމޯދީ ގެ މަގާމް ދިފާއު ކުރެއްވޭނެކަން މިހާރު ޔަގީން ވެފައި ވީނަމަވެސް ފާއިތުވި 10 އަހަރު ބީޖޭޕީ އަށް އޮތް ސުޕަރ މެޖޯރިޓީ ވަނީ ގެއްލިފައެވެ. 2019 ވަނަ އަހަރު 303 ގޮނޑި ކާމިޔާބް ކުރެވުނު ނަމަވެސް މިފަހަރު ލިބުނީ 240 ގޮނޑިއެވެ.

– ނަރެންދުރަ މޯދީ ފުރުއްވަމުން ގެންދެވި ވަރުނާސީގެ ގޮޑި މިފަހަރު ކާމިޔާބު ކުރެއްވުނީ ކުރީ ދެފަހަރަށްވުރެ މާބޮޑަށް ވެސް ހަނި އަގުލަބިއްޔަތަކުންނެވެ.

– މިދިޔަ ޖަނަވަރީމަހު ބޮޑު ފައްޅިއެއްހުޅުވާ، ޕާޓީ އަށް ވަރަށް ބޮޑު ސަޕޯޓެއް އޮތް ކަމަށް ގަބޫލު ކުރެވުނު ފާއިޒްއާބާދުގެ ގޮނޑި ވެސް ބީޖޭޕީ އަށް ކާމިޔާބް ކުރެވިފައެއް ނުވެއެވެ.

– މޯދީގެ ހޯމް ސްޓޭޓް ގުޖްރާތުގެ ގޮނޑިއެއް 10 އަހަރުތެރޭ ފުރަތަމަ ފަހަރަށް ކޮންގްރެސް އަށް ލިބިފައިވެއެވެ.

– ބީޖޭޕީ އަށް ފުރަތަމަ ފަހަރަށް ދެކުނުގެ ސްޓޭޓް ކެރަލާގެ ގޮނޑިއެއް ކާމިޔާބް ކުރެވުނެވެ.

– ކެރަލާއާއި ޖެހިގެން އޮންނަ ޓެމިލް ނާޑޫ ގެ 39 ގޮނޑި އެއްކޮންވެސް ކާމިޔާބް ކޮށްފައިވަނީ ރާހުލް ގާންދީ އިސްވެ އުފައްދަވާފައިވާ އިންޑިޔާ ބްލޮކްއަށެވެ.

     – ހިމާޗަލް ޕްރަދޭޝް ގެ ގޮނޑި ކާމިޔާބް ކޮށްފައިވަނީ ބީޖޭޕީން ވާދަކުރި މަޝްހޫރު ފިލްމީ ތަރި ކަންގަނާ ރަނޯޓްއެވެ.

ނަރެންދުރަމޯދީ ދެން ހުވާކުރައްވާނީ ޖެހިޖެހިގެން ފުރުއްވާ ތިންވަނަ ދައުރަކަށެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް