އިޒްރޭލު ޕާސްޕޯޓް މަނާކުރާ ނަމަ ރާއްޖެއަށް އެމެރިކާގެ އެހީ ކަނޑާލަން ބިލެއް ހުށަހަޅަނީ

Loading

Facebook
Twitter
WhatsApp
ޖޯޝް ގޮތެއިމާ: ރާއްޖެއިން އެޅި ފިޔަވަޅު ބަލައި ނުގަނެވޭނެ ކަމަށް ވިދާޅުވި. (ފޮޓޯ/އެކްސިއޯސް)

އިޒްރޭލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރާ ނަމަ، އެމެރިކާއިން ރާއްޖެއަށް ދެމުން އަންނަ އެހީތައް ކަނޑާލުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ބިލެއް ހުށަހަޅުއްވަން ނިންމަވައި މަސައްކަތް ފައްޓަވައިފި އެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ ’އެކްސިއޯސް‘ އިން ބުނީ، އިޒްރޭލު ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުން ހުއްޓުވުމުގެ މަގުސަދުގައި ބިލެއް ހުށަހަޅުއްވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ކޮންގްރެސްގެ މެންބަރެއް ކަމަށްވާ ރިޕަބްލިކަން ޕާޓީގެ ޖޯޝް ގޮތެއިމާ އެވެ. އޭނާއަކީ އިޒްރޭލާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

އެ ބިލަށް ދީފައިވާ ނަމަކީ ”ޕްރޮޓެކްޓިން އެލައިޑް ޓްރެވަލް ހިއާ އެކްޓް (ޕާތް)“ އެވެ.

ގޮތެއިމާ އެކްސިއޯސްއަށް ވިދާޅުވެފައި އިޒްރޭލުގެ ހުރިހާ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާކުރަން ނިންމި ނިންމުމަކީ ޔަހޫދީންނާ މެދު ރުޅިވެރިކަން އުފެއްދުމުގެ އަމަލެއް ކަމަށާއި އެއީ ބަލައިގެނެވޭނެ ކަމެއް ނޫން ކަމަށެވެ.

”އެ ނިންމުން (އިޒްރޭލު ޕާސްޕޯޓް ބޭންކުރަން ނިންމުން) ބަދަލުނުކުރާހާ ހިނދަކު އަހަރެމެންގެ ޓެކްސް ފައިސާއިން ބައި ސެންޓު ވެސް އެ ގައުމަށް ދެވިގެން ނުވާނެ. އިޒްރޭލުގެ ރައްޔިތުން ދަތުރުކުރުން މަނާކޮށްފައިވާ ބޭރު ގައުމަކަށް އެމެރިކާ ރައްޔިތުންގެ ޓެކްސް ފައިސާ ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން،“ ގޮތެއިމާ ވިދާޅުވެފައިވެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެމެރިކާއިން ގާތްގަނޑަކަށް 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ގެ މާލީ އެހީތެރިކަން ރާއްޖެއަށް ވަނީ ދީފަ އެވެ.

މަޖިލީހުން މިދިޔަ އާދިއްތަ ދުވަހު ނިންމާފައި ވަނީ އިޒްރޭލު ރައްޔިތުން ރާއްޖެ އެތެރެވުން އެކީ މަނާކުރުމަށެވެ.

Loading

4 Responses

  1. ނިމިދިޔަ ދޯހަޅި ޥެރިކަމުގައި 124 ބިލިޔަނުން ދަރުވާލިއިރު ބޭރު ގައުމުތަކުން ފައިސާގެ އެހީގެ ގޮތުގައި ބޮޑެތި ޢަދަދިތައް ޅިބިފައިވާއިރު ޢެފައިސާތަކަށް ޥީ ޣޮތަކީ ކޮބައިތޯ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް