އިންޑިޔާގެ އާންމު އިންތިޚާބްގެ ނަތީޖާ ހާމަކުރަމުން ދާއިރު ކުރީގަ އުޅެނީ މޯދީގެ ބީޖޭޕީ

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އިންޑިޔާގައި ބޭއްވުނު އާންމު އިންތިޚާބްގެ ނަތީޖާ އަންގާރަ ދުވަހު ހާމަ ކުރަމުން ދާއިރު އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރެވުނީ  ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެ ޕާޓީ ބީޖޭޕީ އިސްވެ އޮވެ އުފައްދާފައިވާ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް އަށެވެ. ނަމަވެސް ކުރިން ހީކުރެވުނުހާ ތަފާތު ބޮޑެއްނޫނެވެ.

ބީޖޭޕީއާއި އެންމެ ގާތުން ވާދަކުރި ރާހުލް ގާންދީގެ ކޮންގްރެސް ޕާޓީ އިސްވެ އޮވެ އުފައްދާފައިވާ އިންޑިއާ ގްރޫޕް އަށް އިރުއޮއްސި 6 ޖެހިއިރު 234 ގޮޑި ކާމިޔާބު ކުރެވިފައިވާއިރު، މޯދީގެ އެންޑިއޭ އަށް ލިބިފައިވަނީ 291 ގޮނޑިއެވެ. މިއީ ސިމްޕަލް މެޖޯރިޓީ ނަމަވެސް މޯދީގެ ޕާޓީ އަށް އެކަނި 272 ގޮނޑި ކާމިޔާބް ކުރެވިފައި ނުވާތީ ސަރުކާރު އެކުލަވާލުމަށް އަދިވެސް އެހެން ޕާޓީ ތަކާ ގުޅެން ޖެހެއެވެ.

 މި އިންތިޚާބްގައި 240 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ އެންމެ ބޮޑު ސްޓޭޓް އުއްތަރު ޕްރަދޭޝް ގެ ކޮންޓްރޯލް ވަނީ ބީޖޭޕީ އަށް ގެއްލިފައެވެ. އެސްޓޭޓަށް އެކަނި 80 ގޮނޑި ނިސްބަތް ވާއިރު އިރު އޮއްސުނު އިރު ބީޖޭޕީ އަށް އެސްޓޭޓުން ލިބިފައިވަނީ 33 ގޮނޑިއެވެ.

ނަތީޖާ އިއުލާން ކުރަމުން ދަނިކޮށް ކޮންގްރެސް ގެ ވެރިން ސޯނިޔާ ގާންދީ އާއި ރާހުލް ގާންދީ ވަނީ ނޫސް ކޮންފަރެންސެއް ބާއްވަވާފައެވެ. ހާޒިރުވެ ތިބި ގިނަ އަދަދެއްގެ ނޫސްވެރިންނާ މުޚާތަބް ކުރައްވާ ރާހުލް ގާންދީ ވިދާޅުވީ ވޯޓުގެ ނަތީޖާއަކީ އެޕާޓީ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ދެކިވަޑައިގަންނަވާ ކަމުގައެވެ. އަދި ކްންގްރެސް ޕާޓީން ނިކުތީ ގާނޫނު އަސާސީ ހިމާޔަތް ކުރަން ކަމަށާ ކޮންގްރެސްގެ އާންމު މެމްބަރުން ވޯޓުދިނީ އެކަމަށް އެދިގެން ކަމުގައެވެ.

ޖުމްލަ 543 ގޮޑިއަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިޚާބްގެ ވޯޓުލުން ފަށާފައިވަނީ އެޕްރިލް މަހުގެ 19 ވަނަ ދުވަހުއެވެ. ފިޔަވަހި ތަކަކަށް ބަހާލައިގެން ކުރިޔަށް ގެންގޮސް ވޯޓުގެ އެންމެ ފަހު ރައުންޑް ބާއްވާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

ނަތީޖާ އިއުލާން ކުރުން އެންމެ ފަހު ވޯޓު ގުނާ ނިމެންދެން ކުރިޔަށް ދާނެ ކަމަށް އެގައުމުގެ އިލެކްޝަން ކޮމިޝަނުން ވަނީ އިއުލާން ކޮށްފައެވެ.    

Loading

One Response

  1. މިފަދަބިޔަ އިންތިޚާބެއްގައި އަދިއަމުދުން އިލެކްޓޯނިކްސް ވޯޓިންސިސްޓަމް ބޭނުންކޮށްގެން މަކަރުނުހަދާނެ އެއްގޮތެއްނޯއްނާނެ އެދެނީ ކޮންގްރެސްއަށް ކާމިޔާބުވުން …

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް