ފަލަސްތީނުގައި އިސްރާއީލުން ބޭނުންހާ ގޮތަކަށް ޖަރީމާ ނުހިންގޭނެ: ބްލިންކަން

Loading

Facebook
Twitter
WhatsApp

އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރެވޭނީ ހަމާސްގެ ލީޑަރ ޔަހްޔާ ސިންވާރާއި އެހެން ހުރިހާ އިސް ބޭފުޅުން ގައުމު ދޫކޮށް އެހެން ގައުމަކަށް ހިޖުރަ ކުރުމުން ކަމަށާއި އަދި ގައްޒާގައި ހަމާސްގެ ވެރިކަން ނިންމުމުންކަން ޝަރުތުކޮށް އިސްރާއީލުގެ ވަރަށް ގިނަ އިސް އޮފިޝަލުން ހާމަކޮށްފައިވާކަމަށް އެން. ބީ. ސީ. އާ ހަވާލާ ދީ ޔޫ. އެސް. އޭ ޓްޑޭ އިން މައުލޫމާތު ހާމަކޮށްފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ މިހާރުވެސް ބުނަމުންގެންދަނީ ޔަހްޔާ ސިންވާރާއި މުޙައްމަދު ދައިފް މަރާލެވެންދެން ހަނގުރާމަ ނުހުއްޓާ ކުރިއަށް ގެންދާނެ ކަމަށެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ހަމަލާ ދިނުމަކީ އިސްރާއީލުން ބޭނުންހާގޮތަކަށް ގައްޒާގައި ހަނގުރާމައިގެ ޖަރީމާ ހިންގަން ލިބޭ ލައިސަންސެއް ނޫންކަމަށް ވިދާޅުވެ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން އިސްރާއީލަށް މިދިޔަ ބުދަ ދުވަހު އިންޒާރު ދެއްވައިފިއެވެ.

އިސްރާއީލު ސަރުކާރުގެ ބަންދު ކޮޓަރީގައި އެމެރިކާގެ އޮފިޝަލުންނާއެކު ކުރެވުނު މަޝްވަރާތައް އެނގޭ ދެ ފަރާތަކުން އެން. ބީ. ސީ. އަށް ކިޔާދީފައިވާ ގޮތުގައި އިސްރާއީލުން ބޭނުންވާ ފަލަސްތީނުގެ އާންމު ރައްޔިތުންގެ ބަޔަކާ ގައްޒާގެ ވެރިކަން ހަވާލުކުރަން ބާރުއަޅާފައިވެއެވެ. އެހެންނަމަވެސް އެމެރިކާއިން ބޭނުންވަނީ ވެސްޓްބޭންކުގައި ވެރިކަން ކުރާ ފަލަސްތީނުގެ ސަރުކާރުން ގައްޒާގެ ވެރިކަމާވެސް ހަވާލު ވުމަށެވެ.

އިސްރާއީލާއި ހަމާސްގެ ހަނގުރާމަ ފެށުނީއްސުރެން ގަތަރާއި އިސްރާއެކު އެމެރިކާއިން ގެންދަނީ ހަނގުރާމަ ހުއްޓުވޭނެ ގޮތެއް ހޯދަން މަސައްކަތްކުރަމުންނެވެ.

ހަމާސްގެ ބެލުމުގެ ދަށުގައި މިހާރު ހައްޔަރުކުރެވިފައި ތިބި ރަހީނުން މިނިވަންކުރުމާއި އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައިތިބި ފަލަސްތީނުގެ ރައްޔިތުން މިނިވަންކުރުމާއި އަދި އިސްރާއީލުގެ ސިފައިން ގައްޒާއިން ފައިބައި މިހާރު ނިގަމުންދާ ހަނގުރާމަ ނިންމަން ހަމާސްއިން ހުށައެޅި ހުށައެޅުން އެއީ ދަޅަދެއްކުމެއް ކަމަށްބުނެ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ގަބޫލެއް ނުކުރިއެވެ. އެހެންނަމަވެސް ޚާރިޖީ ވަޒީރު ބްލިންކަން ދެކިވަޑައިގަންނަވާ ގޮތުގައި އެ ހުށަހެޅުމުގައި މައްސަލާގައި ކުރިޔަށް ދެވިދާނެކަމަށް ގަބޫލުކުރޭ ކަންތައްތަކެއް އެބަހުއްޓެވެ.

ޖޯރޑްން އިން އެމެރިކާއާއިއެކު ސިޔާސީ ގުޅުން ގާއިމް ކުރިތާ 75 އަހަރު ފުރުމުގެ މުނާސަބަތާގުޅިގެން މިއަންނަ ހޯމަދުވަހު ޖޯރޑްންގެ ރަސްގެފާނު ވޯޝިންގްޓަނުގައި ރައީސް ބައިޑްންއާއި ބައްދަލުކުރައްވައި އިސްރާއީލާއި ހަމާސްގެ ހަނގުރާމަ ނިންމޭނެގޮތަކާއި އަދި ގައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާބެހޭގޮތުން މަޝްވަރާ ކުރައްވާނެކަމަށް ވައިޓްހައުސްއިން ހާމަކޮށްފިއެވެ.

އިސްރާއީލުން ގައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 27840 މީހުން ޝަހީދުވެފައިވާކަމަށާއިއަދި 67317 މީހުންނަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާކަން މީޑިއާތަކުން ގެންދަނީ ފާހަގަކުރަމުންނެވެ. އަދި އޭގެތެރޭގައި ގިނައީ ހަނގުރާމައާއި އެއަވެސް ގުޅުމެއްނެތް އާންމު ރައްޔިތުން ކަމުގައިވެސް ޚަބަރުތަކުގައި ބުނެފައި ވެއެވެ.

ތެލް އަވީވުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވީ ފަލަސްތީނުގެ ސުލްހައަށް ކުރެވޭ ހުރިހާ މަސައްކަތެއް ނާކާމިޔާބު ވެގެން ދަނީ އިސްރާއީލު ސަރުކާރުގެ އިސްވެރިންގެ އަމަލާއައި ބަސްމަގުހުރި ގޮތުން ކަމަށެވެ.

އެމަނިކުފާނުގެ ބަހުރުވައިން ބުނާނަމަ އިސްރާއީލުގެ އަމަކުތަކާއި ބަސްމަގު ހުންނަނީ އިންސާނިއްޔަތުގެ އެއްވެސް ކަންފުޅެއްނެތް “ މޯސްޓް ހޮރިފިކް “ ގޮތުގައެވެ. އެކަމަކު އިސްރާއީލު ސަރުކާރުގެ ގޮތްދޫނުކުރުމަކީ އިންސާނީ ކަރާމަތަށް އެމީހުން ބޭނުންހާގޮތެއް ހެދުމަށް ދެވިފައި އޮތް ލައިސަންސެއް ނޫނެވެ. ފަލަސްތީނުގައި ވެސް މައިންބަފައިންނާއި ކުދި ޅަދަރިން ހިމެނެއެވެ. އަދި އެ ދަރިންނަށް ތައުލީމާއި ތަރުބިއްޔަތު ދީގެން ރަނގަޅު ޖީލެއް ބިނާކުރަން އެ މައިންބައިފައިން ވެސް ބޭނުންވާނެއެވެ.

ކުޅިވަރު ކުޅުމާއި ޒުވާންކަމުގެ ހިތްހަމަޖެހުން އިސްރާއީލުގެ ކުދިންނެކޭ އެއްފަދައިން ފަލަސްތީނުގެ ކުދިންވެސް ބޭނުންވާނެއެވެ. އެކަންތަކުން ފަލަސްތީނުގެ ރައްޔިތުންނާއި ކުޑަކުދިން މަހްރޫމް ކުރުމުގެ އިޚްތިޔާރު އިސްރާއީލު ސަރުކާރަށް ލިބިގެނެއް ނުވެއެވެ. އެ އަމަލުތައް އެގޮތުގައި އިސްރާއީލުން ދަމަހައްޓައިގެން ނުވާނެއެވެ. އަދި އެގޮތަށް އެކަންތައް ކުރުމުގައި ދެމިތިބުމުގެ ފުރުސަތު އަހަރެމެން އިސްރާއީލަކަށް ނުދޭނަމެވެ. މީގެކުރިން އެމެރިކާގެ އިސް ވެރިޔަކު މިމޭރުމުން ދުވަހަކުވެސް ވާހަކަ ދައްކަވާފައެއް ނުވެއެވެ.

Loading

2 Responses

  1. ”Regarding Blinken’s sympathy towards Palestine, I would like to say that everything seems finished. Two million Gazan citizens have lost their homes, and a statement of sympathy at this point feels inadequate. It appears to be more of a show than a genuine show of support.“

  2. ގަބޫލުކުރެވޭނީ ދުލުން އެބުނާއެއްޗަކަށް އަމަލީ ސިފަ ގެނައިމައެވެ. ބޮޑަށް ހީވާ ގޮތުގައި މިހާރު އެއުޅެނީ މެދުއިރުމަތީގައި ޗައިނާގެ ނުފޫޒު މާބޮޑަށް ގަދަކުރާތީ ސަފުން ބާކީ ވެދާނެތީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް