ދިވެހި މަސްދޯންޏަކަށް އިންޑިއާ ސިފައިން އަރައިފިއެވެ.
މިކަން ކުށްވެރިކޮށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައި ވަނީ ބޮޑުކަންނެލި މަސްވެރީންގެ ޔޫނިއަނުންނެވެ.
އެގޮތުން އެ ޔޫނިއަނުން ބުނީ އދ. މަހިބަދޫ އަސުރުމާ-3 ދޯންޏަށް އިންޑިއާ ސިފައިންގެ މަނަވަރެއް ކައިރިކޮށް އެ ދޯންނަށް ސިފައިންގެ ބަޔަކު އަރާފައިވާ ކަމަށެވެ.
އެންއެންޑީއެފުންވެސް ދެންމެ ބުނީ ދިވެހި މަސްދޯންޏަކަށް ބޭރުގެ އަސްކަރިއްޔާ އަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ދިވެހި މަސްދޯންޏަކަށް ބޭރުގެ އަސްކަރިއްޔާގެ ބަޔަކު އަރާފައި ވަނީ އެ ދޯނި ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދު ގައި އޮއްވާ ކަމަށާއި އެ ރިޕޯޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.
މީގެ އިތުރުން އެ ސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް މިހާރު ދަތުރު ކުރަމުންދާކަމަށް ވެސް ބުނެފައި ވެއެވެ.