ރައީސް އަޒުލު ކުރުމަށް ފަށާފައިވާ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓައިލަން ޤާސިމް ގޮވާލައްވައިިފި

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަޒުލު ކުރުމަށް ފަށާފައިވާ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓައިލުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިއަދު ގޮވާލައްވައިފިއެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޤާސިމް ވިދާޅުވީ ‏ރައްޔިތުންގެ ފުރިހަމަ ބޮޑު އަޣުލަބިއްޔަތުން ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސުލްޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަގާމާ ހަވާލުވިތާ އަދި މިވީ އެންމެ ދެ މަސްދުވަސް ކަމަށެވެ.

“އެމަނިކުފާނު ގާނޫނުއަސާސީ އާއި ގާނޫނާއި ޚިލާފު ނުވާހައި ހިނދަކު އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިނުވާހައި ހިނދަކު ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނިޔަތުގައި ތިމާމެން ވެރިކަމާ ހަވާލުވެގަތުމަށްޓަކައި އެއްވެސް ހަމައެއް ލަމައެއްނެތި ރައީސުލް ޖުމްހޫރިއްޔާ އަޒުލު ކުރުމަކީ ނުވަތަ އަޒުލުކުރަން ހުށަހެޅުމަކީ ވެސް ދިވެހިރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުމެއް ކަމުގައި ނޫނީ ނުވާނެއެވެ. އަމުދުން ދައުރެއް ނިމެމުންދާ މަޖިލިސްއެއްގެ ތެރެއިން މިފަދަ އަމަލެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫނެވެ.“

ޤާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނޯކޮންފިޑެންސް ނުވަތަ އިތުބާރު ނެތްކަމަށް ވޯޓު ނަގަން ޖެހޭނީ އެކަށޭނަ ސަބަބުތަކެއް ހުރެގެން ކަމަށެވެ. އަދި މަޖިލީހުގެ މެޖޯރިޓީ އޮތަތީވެ ހަމަ ތިބެފައި ޖެއްސުމަށް ކޮށްލާ ކަމަކަށް މިފަދަ ކަންކަން ކުރުމަކީ ގައުމުގެ ދުސްތޫރީ ހަމަތަކާއި ޑިމޮކްރަސީގެ އުސޫލުތަކާ ވެސް މުޅީން ޚިލާފު އަމަލެއް ކަމަށާއި މިފަދަ އަމަލުތަކުގެ ސަބަބުން ގައުމަށް ލިބިގެންދާނީ އިތުރު ހިތާމައި ނިކަމެތިކަމެއް ކަމަށެވެ.

“އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަށް ފަށާފައިވާ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓާލުމަށް އަޅުގަނޑު ނަސޭހަތްތެރިވަމެވެ.“

ޤާސިމް ވިދާޅުވީ މިހާތަނަށް ރައީސް ޑރ.މުޢިއްޒު ވެރިކަން ކުރައްވަމުން އެގެންދަވަނީ ރައްޔިތުންނާއި ގައުމަށްޓަކައި ގައުމަށް ކުރިއެރުން ހާސިލުކޮށް ދިނުމަށް ކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ ވެރިކަން ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފުރިހަމަ ފުރުސަތު ދޭންޖެހޭނެކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

Loading

3 Responses

  1. , ގާސިމް. އަކީ އަބަދުވެސް. މުދަލާހެދިކޮމެކަމެވެސް. ކޮއްފާނެމީހެއްކަން. ދިވެހިރައިތުން. އަބަދުވެސް ދާނޭ.. ތީ.މިހާރު. ބާކީސޭޓު

  2. މީނާ ހަމަ ކޮންމެ ރައީސްއެއް ހޮވޭއިރަށް އުނގަށްވަދެގަނެގެން ދައުލަތަށް ނުދައްކާ ހުރި ޓެކްސް ފައިސާ މަޢާފު ކުރުމަށާއި ހަނިހަނި ލޯވަޅެއް ހޯދަައިގެން ސަރުކާރުގެ ބޮޑަކަށް މަންފާވާ ގޮތަށް ބަދަލު ހޯދުމާއި ދެން ކިހާބޮޑު މުސީބާތެއްތޯއެވެ. ރައްޔިތުން ނޫނެކޭ ބުނެ ހޫރާލީމާ މިހާރު މުއިއްޒުގެ ބޮލަށް ސަވާރުވާންވެގެން ތިކުރާ މަސައްކަތް ހުއްޓާލާށެވެ. ކަލެޔާއި ސަން ސިޔާމު ނުދަންނަ ދިވެއްސަކު ނެތެވެ. ބާތިލް ވޯޓާއި އެއްވަރަށްވެސް ކަލެއަށް ރައްޔިތުން ވޯޓް ނުދިންކަން ހަދާންކޮށްބަލާށެވެ. އެވެސް ކިތަކެއް މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހެއްޔެވެ. އެ ޚަރަދުކުރީވެސް އިބޫ ސަރުކާރުން ހޯދި 830 މިލިއަން ބަދަލުގެ ފައިސާއިންތާއެވެ، ވީމާ ކަލެޔަކަށް ގެއްލުމެއް ނެތެވެ. ލޫޓުވީ ރައްޔަރުންގެ ޖީބެވެ. ސާބަސް ގާސިމް!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް