ވަޒީރުންނަށް ރުުހުން ދިނުމުގެ މައްސަލައާއި އިތުރު ބައެއް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުންތަކުގައި ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރިން މަޖިލިސް ކުރިއަށް ގެންދަން ޖާގައެއް ނުދެވޭނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެެއެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ވަޒީރުންނަށް ރުުހުން ދިނުމުގެ މައްސަލައާ ގުޅޭ ގޮތުން ވޯޓަށް އެހުމަށް ފުރަތަމަ ތާވަލުކުރީ މިއަދު މެންދުރުފަހު 13:30 އަށެވެ. ނަމަވެސް އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމާފައިވާތީ ސަރުކާރު މެންބަރުން ވަނީ މަޖިލީހުގައި ހަމަނުޖެހުން އުފައްދައި ދުންމާރި ފުމެ ޗެމްބަރު ތަޅުލައިފައެވެ.
މި ހަމަނުޖެހުންތަކުގެ ތެރޭގައި ބައެއް މެންބަރުން ވަނީ މާރާމާރީ ހިންގައިފައެވެ. އެންމެ ބޮޑު ހަމަނުޖެހުމެއް ހިނގީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސައާއި ކަނޑިތީމު ދާއިރާގެ މެންބަރު ޝަހީމާ ދެމެދުއެވެ.
އެ ދެ މެންބަރުން ހިންގި މާރާމާރީގައި ޝަހީމްގެ ބޮލަށް އަނިޔާވެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
ސިރާޖު ވިދާޅުވީ މިއަދު މަޖިލީހުގައި މާރާމާރީ ހިންގައި ސަރުކާރު މެންބަރަކަށް އަނިޔާކުރުމުގެ ސަބަބުން ހޮސްޕިޓަލުގައި އެނދުމަތިކުރަން ޖެހިފައިވާ ކަމަށެވެ.
“އެ މެންބަރު ހޮސްޕިޓަލުން ދޫކުރުމުގެ ކުރިން މަޖިލިސް ކުރިއަށް ގެންދަން ޖާގައެއް ނުދެވޭނެ.“
ވަޒީރުންނަށް ރުުހުން ދިނުމުގެ މައްސަލަ މިރޭ 20:00 ގައި ވެސް ފަށަން ތާވަލުކުރިއެވެ. ނަމަވެސް ޖަލްސާ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.
One Response
ރައިސް ޑރ މުއިޒު ރަސީކަމުން އިސްތިއުފާދެއްވާ ގައުހަލާކު ނުކުރައްވާ