އެމެރިކާއަށް އެކަނި ޔޫ އެފް އޯ ފެންނަނީ ކީއްވެގެން

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ އެއްވެސް ގައުމަކަށް ޔޫ އެފް އޯ ނުވަތަ ގޮތްނޭންގޭ ޖައްވީ އުޅަނދުގެ މައްސަލަ ދިމާވަމުންދާކަން ބައިނަލް އަގްވާމީ މީޑިއާ ތަކުން ފާހަގަ ނުކުރާއިރު އެމެރިކާގެ ކޮންގްރެސް ތެރެއަށްވެސް މި އެއްޗެއްގެ ބަހުސް ވަދެގަނެގެން މިއުޅެނީ ކީއްވެގެންތޯ ޚިޔާލު ކޮށްލުން ހަމަ ރަނގަޅު ކަމަށް ދެކެމެވެ.

ބައެއް މޫސުމުގައި ހެނދުނާއި ހަވީރު އަންނަ ދޫނިބައިގަނޑެއް ފަދައިން ޒިޔާރަތް ކުރަމުންގެންދާ ޔޫ އެފް އޯ ފެންނަމުންދާ ކަމަށް ޕެންޓަގަނުންވެސް ޢިއުތިރާފް ވެއެވެ.

އެންމެފަހުން ކޮންގްރެސްގައި ކުރެވުނު ބަހުސްގައި  ކޮންގްރެސް އެރިކް ބާރލިސަން ބުނެފައިވަނީ ތައުރާތުގައި ބަޔާންކޮށްދީފައިވާ ސިފަތަކަށް ނުފެތުނުނަމަވެސް އެއީ މާތްކަލާންގެ ފޮނުއްވަވާ މަލާއިކަތުން ކަމަށެވެ.ތައުރާތާއި އެހެންދީން ތަކުގެ ފޮތްތަކުގައި ބަޔާންކޮށްފައިވާ ރަސޫލުންނަކީ އެއީކަމަށެއެވެ.

ބަރލިސަން ނޫނަސް ކިތަންމެ ބަޔަކު އޭނާގެ މި ދީނީ ވިސްނުން ގަބޫލުކުރެއެވެ. ކޮންގްރެސްގެ އެހެން ރެޕްރެޒެންޓޭޓިވް އެއްކަމަށްވާ ޓިމް ބާރޗެޓް 2021 ވަނައަހަރު ބުނެފައިވަނީ ތައުރާތުގެ އެޒެކީލްގައި ޔޫ އެފް އޯ ގެ ވާހަކަ އައިސްފައިވާ ކަމަށެވެ. އަހަރެމެންނަށް ޖެހިފައިމިއޮތީ އެކަން ތަފްސީލުކުރުމެވެ.                                  

ކޮންގްރެސްގައި ވާހަކަ ދެއްކުމުގެ ކުރިން އޭނާ ވަނީ ޔޫ އެފް އޯ އާއި ބެހޭ ސެމިނާރެއްގައިވެސް ބައިވެރި ވެފާ ކަމަށާއި އެކަމަކު އޭނާގެ ވިސްނުން ބަދަލު ކުރަންޖެހޭ ވަރުގެ މަޢުލޫމާތެއް އެ ސެމިނާރުންވެސް ލިބިފައި ނުވާކަމަށް ކެންސާސް ސިޓީ ސްޓާރަށް އޭނާ ކިޔާދިނެވެ. އަދި ޔޫ އެފް އޯ ފެނިފައިވާ އެހެންމީހުންވެސް އެކިޔާދެނީ ތެދު މަޢުލޫމާތުކަން އަހަރެން ގަބޫލުކުރަމެވެ.

އެމެރިކާ ސަރުކާރަށް ލިބިފައިވާ ޔޫ އެފް އޯ ގެ މަޢުލޫމާތު އާންމުނުކޮށް ސިއްރުކުރަނީ ކަމަށް ދެކެވޭ ވާހަކަތަކާއި އެމެރިކާއިން މާކުރިންވެސް ޔޫ އެފް އޯ އެއް އަތުލާގެންފައިވާ ކަމަށާއި އޭގެ ޕައިލެޓް އިނީ މަރުވެފާކަމަށް އެއަރފޯސްގެ ކުރީގެ ތަޖްރިބާކާރު އަދި މިހާރު ނޭޝަނަލް ޖިއޯސްޕާޝަލް އިންޓެލިޖެންސް އޭޖެންސީގެ މެމްބަރ ޑޭވިޑް ގްރަޝް މިދިޔަ ހޫނު މޫސުމުގައިވަނީ ހާމަކޮށްފައެވެ.      

ޑެވިޑް ގްރަޝްގެ ވާހަކަތައް ގަބޫލުކުރުންވެސް ފަސޭހައެއް ނޫނެވެ. ހަމަގައިމުވެސް އެބުނާ ބަޔަކުގެ ކިބައިގާ ޒަމާނީ ޓެކްނޯލޮޖީ ނުހުންނާނެކަމަށް ގަބޫލެއް ނުކުރެވެއެވެ. އެހެންވީމާ ދުނިޔޭގެ ސަތަހައިގެ ތެރެއަށް ވަންނައިރު ޕައިލެޓްނިދިޖެހިފައި ނޫނީ ނުނިކުމެވި ތާށިވެފާ އިނުން ކަހަލަ ވާހަކަތަކަކީ ބުއްދިގަބޫލުކުރާ ޒާތުގެ ވާހަކަތަކެއް ނޫނެވެ. ނާސާއިން ޖައްވުތެރޭގެ އެކިއެކި އަމާޒުތަކަށްވެސް ޕައިލެޓަކު ނެތި ޖައްވީ އުޅަނދުތައް ގެންދަނީ ފޮނުވަމުންނެވެ.

ޖަވާބު ނުލިބޭ ގިނަ ސުވާލު ތަކަކާއި އެކުގައިވެސް ގްރަޝްގެ ހެކިބަސް ކޮންގްރެސްގެ އޯވަރސައިޓް ސަބްކޮމިޓީއިން އިތުރަށް ތަޙއގީގުކުރަން ބޭނުންވެއެވެ. ސަރުކާރުން ޔޫ އެފް އޯ އަށް ނަންދީފައިވަނީ “ އަން އައިޑެންޓިފައިޑް އޭރިއަލް ފެނޯމިނާ “ އެވެ.

މީގެކުރިން ބާރލިސަންގެ ހިތުގައި ޝައްކުތަކެއް އުފެދިފައި ވީނަމަވެސް ތައުރާތުގައިވެސް އެކަމަށް އަލި އަޅުވާލާފައި އޮތުމުންކަމަށް ބުނެ، ޔޫ އެފް އޯ ފެނުމުން އެނގިގެންދަނީ ގޮތްނޭންގޭ ބާރުތަކަކުން އަހަރެމެންނަށް ޒިޔާރަތް ކުރަމުން ގެންދާކަމަށް ކަމުގައި އޭނާ އެއްބަސްވެއެވެ.

މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި މިކަމާއި ގުޅިގެން ކޮންގްރެސްގެ ގާނޫނީ ބޭފުޅުން ބޭއްވި ތަޙްގީގެއްގައި ކުރިން މިލިޓްރީގައި މަސައްކަތް ކުރެއްވި ގިނަ އަދަދެއްގެ ބޭފުޅުންނާއި އަދި ގްރަޝް ދިން ހެކިބަހުގައި “ ލިޓްލް ގްރީން މެން “ އަންނަމުން ގެންދަނީ އެތައް ލައިޓް-އިޔާރސްގެ ދުރުން ކަމަށް ލަފާކޮށްފައި ވެއެވެ.

އޭނާ ބުނެފައިވަނީ އަހަރެންނަށް ހީވަނީ އެއީ މަލާއިކަތުން ކަމަށެވެ. އިންސާނީ އުފެއްދުމެކޭ ބުނާނެ ޖާގަވެސް ނެތެކޭ ނުބުނެވޭނެއެވެ! ބާރލިސަން ބުންޏެވެ.

ކޮންމެ ގޮތެއްގައިވެސް ގޮތް ނޭންގޭ ބިރުވެރިކަމެއް މީގައި އެކުލެވިފައި ވާކަން ގަބޫލުކުރުން ރަނގަޅެވެ. އެމެރިކާގެ ސަރުކާރުންވެސް ފުރިހަމަ މަޢުލޫމާތު މިކަމުގައި އާންމު ނުކުރުމަކީ އެންމެ ރަނގަޅު ގޮތެއްވެސް ނޫންކަމަށެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް