ރަށްވެހިކަން ހޯދުން ފަސޭހަކޮށް ޖަރުމަނުގެ ރަށްވެހިކަމާބެހޭ ގާނޫނު އިސްލާހުކުރަނީ

Loading

January 22, 2024
profile
Facebook
Twitter
WhatsApp

ޑުއަލް ސިޓިޒަންޝިޕް ހޯދުމަށް އޮންނަ ހުރަސްތައް އުވާލައި، ރަށްވެހިކަން ހޯދުން ފަސޭހަކުރުމަށްޓަކައި ޖަރުމަނުގެ ވިލާތުގެ ގާނޫނު ހަދާ މަޖިލީހުން ޖަރުމަނުގެ ރަށްވެހިކަމާއި ބެހޭގާނޫނަށް ބަދަލުގެނެސް އިސްލާހުތައް ފާސްކޮށްފިއެވެ. 

ޗާންސެލަރ އޯލާފް ސްކޮލްޒްގެ ސޯޝަލް ލިބަރަލް ކޯލިޝަނުން ހުށައެޅި މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ 382 ވޯޓާއެކު ހުކުރު ދުވަހުގައެވެ. އަދި ގާނޫނަށް ގެނައި އިސްލާހުތައް ފާސްކުރުމާއި ދެކޮޅަށް 234 ވޯޓު ދީފައިވާއިރު، 23 ފަރާތަކުން ވަކިގޮތަކަށް ވޯޓުދީފައި ނުވެއެވެ. 

މިގޮތުން ގެނައި އިސްލާހުތަކާއި އެކު، ޖަރުމަނު ވިލާތުގައި ދިރިއުޅޭތާ ފަސް އަހަރު ވެފައިވާ ފަރާތްތަކާއި، ”ސްޕެޝަލް އިންޓެގްރޭޝަން އެކޮމްޕްލިޝްމަންޓްސް“ގެ ދަށުން ހާއްސަވާ ފަރާތްތަކަށް ތިން އަހަރުދުވަހު ދިރިރުޅުމަށްފަހު ޖަރުމަނުގެ ރަށްވެހިކަމަށް އެދި ހުށައެޅޭނެއެވެ. މިހާރު ރަށްވެހިކަމަށް އެދި ހުށައެޅެނީ ހަ އަހަރާއި އަށް އަހަރާއި ދެމެދުގެ މުއްދަތަކަށްފަހުގައެވެ. 

މީގެއިތުރުން، ޖަރުމަނު ވިލާތުގެ ރަށްވެއްސެއްގެ ގޮތުގައި ފަސް އަހަރުވެފައިވާ ފަރާތްތަކަށް އުފަންވާ ދަރީންނަކީ ޖަރުމަނު ރައްޔިތުންކަމަށް ހަމަޖައްސާފައިވާއިރު، ކުރިން މިއީ ރަށްވެއްސަކަށްވެފައިވާތާ އަށް އަހަރު ފުރުމުން އޮންނަ އުސޫލެކެވެ. 

ހަމައެއާއިއެކު، ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ގައުމުތަކުގެ ރަށްވެހިކަން އޮންނަ ފަރާތްތަކަށް ޖަރުމަނުވިލާތުގެ ޑުއަލް ސިޓިޒެންޝިޕް ހޯދުމުގެ ފުރުސަތު މިހާރު އޮންނާނެއެވެ. މީގެސަބަބުން، ޖަރުމަނަށް އުފަންވާ އެތައް ހާސް ތުރުކީ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެވެ.

ރަށްވެހިކަމުގެ ގާނޫނަށް ގެނެވުނު ބަދަލުތައް ފާހަގަކޮށް ވާހަކަދައްކަމުން ސްކޮލްޒް ބުނީ މި ގާނޫނަކީ އެތައް އަހަރުތަކެއް ވާންދެން ޖަރުމަނުގައި ދިރިއުޅެ މަސައްކަތްކޮށްފައިވާ ފަރާތްތަކަށްޓަކައި ގެނެވުނު ބަދަލެއްކަމަށެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް