ހާލު ސީރިއަސްވެ ގއ. ވިލިނގިލިން މާލެ ގެނެސް ފަރުވާ ދެނިކޮށް މުހައްމަދު ޖާހު ހާލިދު 13އ ނިޔާވުމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީން ގޮވާލައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު މާލެ ގެނެސް ފަރުވާ ދެމުން އަންނަނިކޮށް ޖާހު ނިޔާވެފައި ވަނީ އާސަންދަ ހަމަޖެހުނު ނަމަވެސް މާލެ ގެނައުމަށް ފްލައިޓެއް ނުލިބި ގިނައިރުވުމުންނެވެ.
އެހެން ކަމުން އެމްޑީޕިން މިކަމަށް އިޝާރާތްކޮށް ނިޔާވި ކުއްޖާގެ އާއިލާއަށް ތައުޒިޔާ ކިޔައި ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ އިސްވެރިން މަސައްކަތް ކުރަނީ ޒިންމާއިން ރެކެން ކަމަށެވެ.
ހަމަ އެހެންމެ ދައުލަތުގެ ކުންފުނިތައް ބަދުނާމު ކުރާ ކުރުން އެމްޑީޕީން ވަނީ ފިނޑި އަމަލެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.
އެމްޑީޕީން ވަނީ ކުއްޖާ ނިޔާވި ހާދިސާއާ ގުޅިގެން ސަރުކާރުގެ އިސްވެރިން ޒިންމާ ނަގައި ކުއްޖާގެ އާއިލާގެ ކިބައިން މައާފަށް އެދެން ގޮވާލާފައެވެ.
މީގެ އިތުރުން އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމާ ހަމައަށް ރާއްޖޭގައި ލިބެންހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކުރަން ޖެހޭ ކޮންމެ ހާލަތެއްގައި ބޭނުން ކުރަން ޖެހޭ ކަމަށްވެސް އެމްޑީޕީން ބުނެފައި ވެއެވެ. އެމްޑީޕީން މިހެން ބުނެފައި ވާއިރު، ކުއްޖާ މާލެ ގެނައުމަށް ފްލައިޓެއް ނުލިބި ލަސްވެގެން ދިޔައިރުވެސް ހެލިކޮޕްޓަރާއި ޑޯނިއާ ބޭނުން ކުރެވެން އޮއްވާވެސް އެކަން ކޮށްފައިނުވާ ކަމަށް ގިނަ ފަރާތްތަކަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ
3 Responses
އެމްޑީޕީ އުފެދި ފުރަތަމަ ވެރިކަމަށް އައިފަހުން ރާއްޖެއިން މަރާލެވިފައިވާ އެތައްބައެއްގެ ޒިންމާ، ލާދީނީ އެމްޑީޕީ އިން އުފުލިބާ؟ ވެރިކަމަށް ތިވަރުގެ ދަހިވެތި ބައެއް، ދިވެހިފަސްމަތީ އުފެދިފައެއްނުވޭ! އެހެންމީހަކު ވެރިކަން ކުރާތަން ދެކެން އެމްޑީޕީއަކަށް ކެތެއްނުވޭ! ކުރީ ފަހަރު ވެރިކަން އަތުން ދޫވީމާ މުޅިރާއްޖޭގައި ހުޅުޖަހައި އެތައްމުދަލަކަށް ގެއްލުންދީ އެތައްބައެއްގެ ތަރިކައިގެ މަސްއަލަތައް ވުޖޫދުން ފުހެލި އަނިޔާވެރި ޕާޓީއެއް އެމްޑީޕީއަކީ! ތަފާތު ސިފަ ސިފައިގައި އެތައް ބުރަކަށް ވޯޓުލައިގެންވެސް ވެރިކަން އަތުނުޖެހުނީމާ ގޮތްދައްކަން ކޮންމެހެން އުޅޭނެ ކަމެއްނެތް! އެމްޑީޕީ އަކީ ޝައިތޯނީ ޕާޓީއެއް!
އެންޑީޕީން ފާޑުފާޑުގެ ބަޔާންތަށްނެރެމުން ދާއިރުތިމާމެންގެ ލަދުއަގަލު ކޮބައިބާއޭހިތަށްއަރާ ކޮބާއެންޑީޕެގެ ވެރިކަމުގާ ވެރިކަމުގަ އައުވާނުން ފޮނުވައިގެން ގދ.ގއ އުން ޑޮކުޓަރަށް ނުދައްކާ މަރާލި ޒުވާނާގެ ޒިއްމާ 2 ގެއެއްގެ ތެރެއިން ކުދިކުދިކޮއް ކޮށާލި ޒުވާނާގެ ޒިއްމާ 3 ކާރެއްގެ ޑުރައިވަރުމަރާލިޒިއްމާ 4 ހުޅުމާޅޭ ފ1ގެ ސަހަރާކައިރީ ގައޮތް ގަސްތަކު ތެރެއަށް މަރާފަ އެއްލާލާފައި އޮތް ޒުވާނާގެޒިއްމާ އެންޑީޕީ ސަރުކާރުގާ މިފަދުގެއެތެއް މަރެއްގެ ޒިއްމާ ނަގަންޖެހެނީ ކޮންބައެއްބާ ގުދޯގުދޯ ނުގޮވުންބުއްދިވެރިވާނެ
Mdp sarukaaru kithan meehu ge furaanathoo genluooniee kithan meehu gelin gen nufeyniee gen ulhuey jeheyhuniee covid thenreygaa gasthu gaa kithan meehu thoo maruvaan dhuookonlee keevengan thoo mihaaru ehvaahaka nudheykaney