ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލުނުވެ ގޮސް ފާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަަކަށް އަނިޔާވެއްޖެއެވެ.
ރޭގެ ވަގުތެއްގައި މި އެކްސިޑެންޓް ހިނގީ ފުވައްމުލައް ސިޓީ ބޮޑުފަންނު މަގުގައެވެ.
ފުލުހުން ބުނީ އެކްސިޑެންޓެއް ހިނގިކަމުގެ މައުލޫމާތު ރޭ 22:15 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލުނުވެ ގޮސް ފާރެއްގައި ޖެހިގެން ކަމަށް މިހާތަނަށް ބެލިބެލުމުން އެނގޭ ކަމަށާއި ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އޭނާ މިއަދު މާލެ ގެނެސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.