ރާއްޖޭގައި ހެޕަޓައިޓިސް ބީ ކޮންޓްރޯލު ކުރެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން މިއަދު ކަނޑައަޅާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.
އެޗްޕީއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ހެޕަޓައިޓިސް ބީ ކޮންޓްރޯލު ކުރެވިފައިވާ ކަމަށް ޑަބްލިޔުއެޗްއޯއިން ކަނޑައެޅީ އެތައް އަހަރެއް ވަންދެން މެދުނުކެނޑި ކުޑަކުދިންނަށް ހެޕަޓައިޓިސް ބީ ވެކްސިން ދިނުން އިތުރުވެފައިވާތީ ހެދި ސާވޭއަކާ ގުޅިގެން ކަމަށެވެ.
އެޗްޕީއޭއިން ބުނީ ސްކޫލުތަކުގައި ކިޔަވާ 6 އަހަރާއި 7 އަހަރާ ދެމެދުގެ ކުދިންގެ ޓެސްޓް އެ ސާވޭގައި ހަދާފައިވާއިރު އެއްވެސް ކުއްޖެއްގެ ގައިން އިންފެކްޝަން ފެނިފައިނުވާ ކަމަށެވެ.
މާބަނޑު އަންހެނުން ގަވާއިދުން ހެޕަޓައިޓިސް ބީ އަށް ޓެސްޓްކުރުމާއި އެ ބައްޔަށް ޕޮޒިޓިވްވާ މާބަނޑު މީހުންނަށް ފަރުވާ ދިނުމާއި ޕޮޒިޓިވްވެފައިވާ އަންހެނުން ވިހާ ކުދިން ރައްކާތެރިކުރުމަށް ފިޔަވަޅުތައް ރާއްޖޭގައި އަޅަމުން އަންނަކަން ވެސް އެ ސާވޭއިން އެނގުނު ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ހެޕަޓައިޓިސް ބީ އަކީ ފުރަމެއަށް ޖެހޭ ބައްޔެކެވެ. މި ބަލީގެ މައިގަނޑު ފަސް ބާވަތެއް ހިމެނޭއިރު އޭގެތެރެއިން އާންމުކޮށް ފެންނަނީ ހެޕަޓައިޓިސް ބީ އަދި ސީ އެވެ.