ޔަމަނުން ކުރަމުން ގެންދާ ހަނގުރާމައަކީ އެމެރިކާ ނުވަތަ އިނގިރޭސިވިލާތުގެ ރައްޔިތުންނާއި ދެކޮޅަށް ކުރާ ހަނގުރާމައެއް ނޫންކަމަށާއި، ހޫތީން ހަނގުރާމަކުރަނީ އެދެގައުމުގެ ވެރިކަން ކުރުމާއި ހަވާލުވެތިބި ”ޒަޔަނިސްޓް ގޭންގާއި ދެކޮޅަށްކަމަށް ހޫތީން ބުނެފިއެވެ.
ޔަމަނުގެ ހޫތީ މުޖާހިދުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއާއި އިނގިރޭސިވިލާތުގެ ވެރިކަމުގައި ތިބި ޒަޔަނިސްޓުން އިސްވެ ތިބި ދުނިޔޭގެ ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކާއި ގެއްލުންތައް ދީފައިވާކަމަށާއި، އެއްވެސް ބޭނުމެއްނެތް ގިނަ ހަނގުރާމަތަކަކަށް އެމެރިކާގެ ސިފައިން ފޮނުވައި އެ ސިފައިންގެ ފުރާނަ ގެއްލުވާލާފައިވާކަމަށެވެ.
މިގޮތުން، އެފަދަ ގޭންގުތައް ނައްތާލުމަކީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ރައްޔިތުންވެސް ހިމެނޭގޮތަށް އެންމެންގެ ޒިންމާއެއްކަން ހޫތީން ވަނީ ފާހަގަކޮށްފައެވެ.