އެންމެ ފުރަތަމަ ފަލަސްތީނު ރެފިއުޖީން ބަލައިގަތީ ރަޝިއާގެ ދަގެސްތާނުން

Loading

January 13, 2024
profile
Facebook
Twitter
WhatsApp

ފަލަސްތީނުން ނުކުމެގެން ގެންދިޔަ ފުރަތަމަ 5 ރެފިއުޖީން ބަލައިގަނެފައިވަނީ ރަޝިއާގެ ދަގެސްތާނުންނެ. 

ދަގެސްތާނުގެ ބޮޑުވަޒީރު އަބްދުލްމުސްލިމޮވް ރެފިއުޖީންނަށް މަރުހަބާ ކިޔުމުގައި އިސްކޮށް ހަރަކާތެތެރިވެފައިވާއިރު، އެގައުމަށް ހިޖުރަކުރި ރެފިއުޖީންނަށް އެގައުމުގައި ތިބުމަށާއި، ތައުލީމު ހާސިލްކުރުމަށާއި، މަސައްކަތްކުރުމުގެ މަގުފަހިކޮށް ޚިދުމަތްތައް ވަނީ ގާއިމްކޮށްދީފައެވެ.

ފަލަސްތީނުގެ 200 އެއްހައި ރެފިއުޖީންނަށް މަރުހަބާ ކިޔުމަށް ތައްޔާރަށް ތިބިކަމަށްބުނެ އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ދަގެސްތާނުގެ ހެޑް އޮފް ދަގެސްތާން، ސަރްޚޭ މެލިކޮވް ބުނީ، ހައްޤުގެއްލޭ ކޮންމެ ބަޔަކާއި އެކުގައި ދަގެސްތާނުން ތިބޭނެކަމަށާއި، ކާބޯތަކެއްޗާއި ދިރިއުޅޭނެ ތަންވެސް ދަގެސްތާނުން ދައްކައިދޭނެކަމަށެވެ. 

ދަގެސްތާނުގެ އެކި ވުޒާރާތަކުން އަންނަނީ ފަލަސްތީނުގެ ރެފިއުޖީންނަށް ކާބޯތަކެއްޗާއި، ބޯހިޔާވަހިކަމާއި، ބޭސްފަރުވާގެ އިތުރުން، ތައުލީމީ ކަންކަން ހަމަޖެހުމަށްޓަކައިވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 

Loading

One Response

  1. ގިނަ ޢަރަބީންނަށް އަނގަ އެރުވުން ފިޔަވާ މާބޮޑު ކަމެއް ނުކުރެވޭނެއެވެ. އެހެނީ އެވެރީން މިއަދު އެވަނީ މާއްދިއްޔަތަށްގޮސް ހުސްވެފައެވެ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް