ހައްޖު ކޯޕަރޭޝަނަށް އިތުރަށް ލިބުނު ކޯޓާއަށް ހައްޖު ކިއު ސިސްޓަމްގެ ތަރުތީބުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނު މީހުންނަށް ހައްޖުގެ ދައުވަތު ފޮނުވާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
މިކަން ހާމަކޮށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ، މުހައްމަދު ޝަކީލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ހައްޖު ކޯޕަރޭޝަނަށް އިތުރަށް ލިބުނު ކޯޓާއަށް ހައްޖު ކިއު ސިސްޓަމްގެ ތަރުތީބުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ހައްޖުގެ ދައުވަތު ފޮނުވާފައިވާ ކަމަށެވެ.
މީގެ އިތުރުން ޝަކީލް ވަނީ 1445މ ވަނަ އަހަރު ހައްޖުގެ މާތް އަޅުކަން އަދާ ކުރުމަށް ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް މަރުހަބާ ދަންނަވާފައެވެ.
މި ސަރުކާރުން ވަނީ ސައުދީ ސަރުކާރުން ރާއްޖެއަށްދޭ ހުރިހާ ހައްޖުކޯޓާއެއް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑާއި އިއްޔެ ހަވާލުކޮށްފައެވެ.
މި އެއްބަސްވުމުގެދަށުން ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި ހައްޖަށް ދިއުމުގެ އަގު މިހާރަށްވުރެ ކުޑަ ކުރުމުގެ މަސައްކަތްތައްވެސް ހައްޖު ކޯޕަރޭޝަނުން ކުރަމުން ގެންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވަނީ ވިދާޅުވެފައެވެ.
One Response
Libuneekithah koatathoa 200in kureegathibi meehun nakah adhi khabareh nubey