ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ބަންދަށް ދީފައިވާ ލުއިތައް މުރާޖައާ ކުރަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް ޔާމީންގެ ބަންދަށް ލުއިދިނީ މިދިޔަ އޮކްޓޫބަރުގައެވެ.
އެގޮތުން ޔާމީން މިހާރު ހުންނަވަނީ ގޭބަންދުގައެވެ.
ކަރެކްޝަނުން ޔާމީންގެ ބަންދަށް ލުއިދިނީ އެމަނިކުފާނުގެ ފަރާތުން ބޭސްފަރުވާ ކުރުމަށާއި ކަސްރަތުކޮށް އުުޅުމަށް އިތުރު ލުއިތަކަށް އެދިވަޑައިގަތުމުންނެވެ.
ކޮންމެހެން ބައްދަލު ކުރުމަށް އެދޭ ފަރާތްތަކަށް ބަައްދަލުކުރުމުގެ ފުރުސަތު ވެސްް ދީފައިވާނެ ކަމަށާއި ނަމަވެސް އެގޮތަށް ބައްދަލުކުރެވޭނީ އެކަން އެ ސަރވިސްއާ ހިއްސާކުރުމަށްފަހު ކަމަށް ކަރެކްޝަނުން ކުރިން ބުނެފައިވެއެވެ. އަދި އޭގެ އިތުރުން ކުރުން މަނާ ކަންތައްތަކެއް އިގުރާރުގައި ހިމަނާފައިވާނެ ކަމަށާއި އިގުރާރާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެކަމަށް ޔާމީނަށް ދަންނަވާފައިވާނެކަމަށް ވެސް ކަރެކްޝަނުން ބުނެފައިވެއެވެ.
ނަމަވެސް ޔާމީން ގެންދަވަނީ އިންޒާރަށް ބެއްލެވުމެއްނެތި ސިޔާަސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ޕީޕީއެމްއިން ވަކިވެވަޑައިގެން ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާއިރު ރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ޔާމީން ވަނީ އެ ޕާޓީގެ އޮފީހަށް ވެސް ވަޑައިގެންފައެވެ.
އެކަމާ ގުޅިގެން ކަރެކްޝަނުން ބުނީ ޔާމީނަށް ދިން ލުއިތައް މިހާރު މުރާޖައާ ކުރަމުން އަންނަ ކަމަށެވެ.
One Response
އަދުރޭ ބޭނުންގޮތެއް މިހާރުވަނީ. ގޭމް ވަނީ ފެށިފާ.