އައްޑޫސިޓީ އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަން 98.6 ކިލޯއަށް އަރާ: ފުލުހުން

Loading

Facebook
Twitter
WhatsApp

އައްޑޫސިޓީގައި ފުލުހުން ކުރިއަށްގެންދިޔަ ޚާއްސަ އޮފަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަން  98.6 ކިލޯ އަށް އަރާކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

ފުލުހުން ރޭ ނެރުރު ބަޔާނެއްގައި ހާމަކުރެއްވިގޮތުގައި މި މައްސަލައާއިގުޅިގެން 14 މީހަކު ހައްޔަރުކޮށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ވާގޮތުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މިމައްސަލައިގައި އިސްކޮށް އުޅުނީ އައްޑޫސިޓީ ހިތަދޫ، ފިނިވަރު، އަބްދުﷲ އިބްރާހިމް 33، ކަމަށެވެ. ޝަރީއަތްނިމެންދެން ބަންދުގައިބެހެއްޓުމަށް މީނާގެ އިތުރުން ހަމަ އެރަށު ކޯޅި، މުހައްމަދު ޔާމިން ނަސީރު ، 23، ގެ މަށްޗަށް ވެސް ހިތަދޫ ކޯޓުންވަނީ އަމުރުކޮށްފައެވެ. މި މައްސަލާގައި ދެން ހައްޔަރުކުރި މީހުންގެ ގެ ބަންދުގެ މުއްދަތު ފަސް ދުވަހަށް ދީފައިވާ ކަމަށް ފުލުހުން ހާމަކުރައްވައެވެ.

ފުލުހުން ބުނީ މިދެމީހުންގެ އިތުރުން ހައްޔަރުކުރީ 23 އަހަރާއި 40 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުންކަމަށެވެ.

ފުލުހުން ހިންގާ މި އޮޕަރޭޝަންގައި ކަނޑުމަގުން މަސްތުވާތަކެތި ހިފައިގެން ދަނިކޮށް ޑިންގީ ހުއްޓުވަން އުޅުމުން އޭގައި ތިބި މީހުން ވަނީ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތިހުރި ގޯނިތަކެއް ކަނޑަށް އުކާފައެވެ. މި އޮޕަރޭޝަންނާއި ގުޅޭ ފޮޓޯތަކުން ފެންނަ ގޮތުގައި އުކައިލި ގޯނިތައް ކަނޑުން ނަގާފައިވަނީ ފުލުހުން ކަނޑަށް ފައިބައިގެންނެވެ.

އެގިފައިވާ ގޮތުގައި މި އޮފަރޭޝަން އާއި ގުޅިގެން އައްޑޫ ސިޓީގެ ބައެއް ތަންތަންވެސް ފުލުހުންގެންދަނީ ބަލައި ފާސްކުރަމުންނެވެ. މިފާސްކުރުން ތަކުގައިވެސް މަސްތުވާތަކެތި ފެންނަމުންދާކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މި އޮޕަރޭޝަންގެ ތަފްސީލް އަދި ފުލުހުން ހާމަނުކުރައްވައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް