މަތީ ތައުލީމު ހާސިލްކުރާ ޣައްޒާ ދަރިވަރުންގެ ޓިއުޝަން ފީ ދެއްކުމަށް ތުރުކީއިން ނިންމައިފި

Loading

Facebook
Twitter
WhatsApp

މަތީ ތައުލީމު ހާސިލްކުރާ ޣައްޒާ ދަރިވަރުން އެކުދީންގެ ކޯސްތައް ކުރިއަށްގެންދާ ކޮލްޖުތަކަށް ދައްކަންޖެހޭ ޓިއުޝަން ފީއާއި ތުރުކީގެ ސަރުކާރުން ހަވާލުވާން ނިންމައިފިއެވެ. 


ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ސޮއިކުރައްވައި، ތުރުކީގެ ރަސްމީ ގެޒެޓުގައި މިހާރު ޝާއިއުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރެއްގައި ބުނެފައިވަނީ ހަނގުރާމަ ކުރިއަށްދާ ޣައްޒާގެ މާސްޓާސް އަދި ޑޮކްޓޯރަލް ދަރިވަރުންގެ ކޯސްތަކުގެ ޓިއުޝަނަށް ދައްކާފައިވާ ފައިސާ އަނބުރައި އެދަރިވަރުންނަށް ދިނުމަށް ނިންމާފައިވާކަމަށެވެ. 

ރައީސް އުރުދުޣާންގެ މި ޤަރާރަށް އިތުރުކޮށްފައިވާ އެހެން މާއްދާއެއްގައި ބުނެފައިވަނީ ތުރުކީގެ ތައުލީމީ މުއައްސަސާއެއްގައި ކިޔަވަމުންދާ ޣައްޒާގެ ދަރިވަރުންގެ 2023-2024 ވަނަ އެކެޑެމިކް އަހަރުގެ ސްޕްރިންގް ސެމިސްޓަރގެ ޓިއުޝަނަށްވާ ފައިސާ ދައްކާނީ އެގައުމުގެ ސަރުކާރުންކަމަށެވެ. މީގެތެރޭގައި ހިމެނެނީ ތީސިސް-ބޭސްޑް މާސްޓާސް އަދި ޑޮކްޓޯރަލް ކޯސްތަކުގައި ބައިވެރިވެފައިވާ ޣައްޒާގައި ދިރިއުޅޭ ދަރިވަރުން ކަމަށް އެ ޤަރާރުގައި ބުނެފައިވެއެވެ. 

މީގެއިތުރުން، ނޮވެމްބަރު 17 ވަނަ ދުވަހު ތުރުކީގެ ރަސްމީ ގެޒެޓުގައި ޝާއިއުކުރި ރައީސުލްޖުމްހޫރިއްޔާގެ އެހެން ޤަރާރަކުންވަނީ ތުރުކީގެ ތައުލީމީ މުއައްސަސާތަކުގައި އެސޯސިއޭޓް ނުވަތަ އަންޑަގްރެޖުއޭޓް ކޯސްތަކުގެ ބައިވެރިންގެ ޓިއުޝަން ފީވެސް ސަރުކާރުން ދެއްކުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް