އޭޝިއާ ބައްރުގައި އިނގިރޭސި ބަހަށް ތިންވަނައަށް އެންމެ އަހުލުވެރި ގައުމަކީ މެލޭޝިއާ

Loading

December 2, 2023
profile
Facebook
Twitter
WhatsApp

އޭޝިއާ ބައްރުގެ ގައުމުތަކުގެ ތެރެއިން އިނގިރޭސިބަހަށް ތިންވަނައަށް އެންމެ އަހުލުވެރި ގައުމަކީ މެލޭޝިއާކަމަށް 2023 ވަނަ އަހަރުގެ އީއެފް އިންގްލިޝް ޕްރޮފިޝެންސީ އިންޑެކްސް (އީއެފް އީޕީއައި) އިން ދައްކައިފިއެވެ. 

މާދަރީ ބަހުގެ ގޮތުގައި އިނގިރޭސިބަސް ނޫން އެހެން ބަސްތައް ބޭނުންކުރާ ސަރަހައްދުތައް ދިރާސާކުރާ މި އިންޑެކްސްގެ ދަށުން 113 ގައުމެއް އިވެލުއޭޓް ކުރާއިރު، މެލޭޝިއާއިން ވަނީ ދެވަނައަށް އެންމެ މަތީ ޕްރޮފިޝެންސީ ލެވެލް ހޯދާފައެވެ. އަދި ބައްރުން ތިންވަނަ ޖާގަ މެލޭޝިއާއިން ކަށަވަރުކުރިއިރު، އެންމެ ކުރީގައި އޮތީ ސިންގަޕޫރެވެ. ދެވަނަ ހޯދާފައިވަނީ ފިލިޕީންސްއިންނެވެ. 

ދުނިޔޭގެ ނިސްބަތުން ބަލާނަމަ މެލޭޝިއާ އޮތީ ލިސްޓުގެ 25 ވަނައިގައެވެ.

2023 އީއެފް އީޕީއައި ގެ ސިޓީގެ ލިސްޓަށް އަރާފައިވަނީ މެލޭޝިއާގެ ކުއަލަ ލަމްޕުރް އެކަންޏެވެ. އެގޮތުން، މެލޭޝިއާއިން 2023 އިންޑެކްސްގައި 568 ގެ ސްކޯއެއް ހޯދާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މިއަދަދަށްވުރެ 6 ޕޮއިންޓު ދަށް އަދަދެކެވެ. ސިޓީ ލިސްޓުން ކުއަލަ ލަމްޕުރްއަށް 564 ހޯދިފައިވާއިރު، އެ ކެޓެގަރީގައި ދުނިޔޭގެ އެވްރެޖް އުޅެނީ 502 ގައެވެ.

މީގެއިތުރުން، 2023 އީއެފް އީޕީއައި ސަރަހައްދީ ލިސްޓުގެ އެންމެ މަތީގައި 587 ޕޮއިންޓާއެކު ޕެރަކް އުޅޭއިރު، ސިޓީ ތަކުގެ ތެރެއިން 602 ޕޮއިންޓާއެކު އެންމެ ކުރީގައި އުޅެނީ ކުއަންޓަންއެވެ. ހަމަ އެއާއެކު، މި އިންޑެކްސްގެ ނަތީޖާއަށް ބަލާއިރު، މެލޭޝިއާގައި އިނގިރޭސި ބަހަށް އެންމެ އަހުލުވެރިކަމަށް ފާހަގަކުރެވިފައިވަނީ އުމުރުން 26 އަހަރާއި 30 އަހަރާއި ދެމެދުގެ މީހުންނެވެ. މި އުމުރުފުރާގެ މީހުންނަށް އެވްރެޖުކޮށް 582 ޕޮއިންޓްވަނީ ލިބިފައެވެ. 

އީއެފްއީޕީއައި އަށް އިނގިރޭސީގެ ފެންވަރު ބެލުމަށް ބޭނުންކޮށްފައިވަނީ ޔޫރަޕިއަން ފްރޭމްވަރކް އޮފް ރެފަރެންސް (ސީއީއެފްއާރް) ގެ ހަ ލެވެލްގެ މައްޗަށް ތައްޔާރުކުރެވިފައިވާ ސްޓޭންޑަޑް އިންގްލިޝް ޓެސްޓް (އެސްއީޓީ) އެކެވެ. އަދި 2023 ވަނަ އަހަރުގެ އިންޑެކްސްގައި 113 ގައުމަކުން 2.2 މިލިއަން ބައިވެރީންގެ ނަތީޖާ ވަނީ ހިމަނާފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް