މަންޑޭގެ 7 މިލިއަންގެ އަގުބޮޑު އެޕާޓްމަންޓުން 7 މިލިއަންގެ މުދާ ފެނުނު, 225 ދައުވާއެއް އުފުލަނީ

Loading

Facebook
Twitter
WhatsApp

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކޭ-ޕާކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި މަކަރާއި ހީލަތް ހަދާފައިވާ މައްސަލާގައި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ޙަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 225 ދައުުވާ އުފުލޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ މަމްދޫޙު އިސްކޮށް ހުރެ ކޭޕާކުގެ 41 ފުލެޓު 107 މީހަކަށް ވިއްކާފައިވާ ކަމަށެވެ. ޝަމީމް ވިދާޅުވީ މިކަމުގައި ތުހުމަތުކުރެވޭ ދެ މީހުން އެބައުޅޭ ކަމަށާއި އޭގެތެރެއިން ބައެއް މައްސަލަ ނިމިފައިވާއިރު އެ މައްސަލަތަކުގައި 225 ދައުވާއެއް އުފުލޭނެ ކަމަށެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފުލުހުން މިވަގުތު ހުށަހަޅާފައިވަނީ:

ރ.އަލިފުށި, ކިނާރާ, ޖައިޝާން ސަޢީދު.

މއ.އެރަލްސީ, ޙަސަން މަމްދޫޙު.

ތަހުގީގަށް ހޯދިފައިވާ ކަންކަން:

މަންޑޭއާއި އިތުރު ބަޔަކު ބައިވެރިވެގެން ހަންބޯ ކޮމްޕެނީގެ މެޖޯރިޓީ ހިއްސާދާރުގެ ސޮއި ފޯޖުކޮށްގެން ލިޔެކިޔުންތަކެއް އުފައްދައިގެން ބޭންކް އޮފް މޯލްޑިވްސްގައި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އެކައުންޓްއެއް ހުޅުވާފައިވޭ.

އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެކައުންޓުގެ ފުރިހަމަ ކޮންޓްރޯލް މަންޑޭއަށް އެކަނި އޮންނަ ގޮތަށް ހަމަޖައްސާފައިވޭ. މި މައްސަލައާ ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން މަންޑޭ ދިރިއުޅުނު އެފްޑަބްލިއު ރެސިޑެންސްގެ ޕެންޓްހައުސް ބަލައި ފާސްކޮށް އެތަނުގައި ހުރި އަގުބޮޑެތި މުދާތައް ހިފަހައްޓާފައިވޭ. އޭގެތެރޭގައި އަތްދަބަހާއި, ސެންޓު ފުޅިތަކާއި, ބޫޓާއި ފައިވާން އަދި ގަހަނާތަކުގެ ލަފާކުރެވޭ އަގު 07 މިލިއަން ދިވެހި ރުފިޔާއަށްވުރެ ގިނަ.

މި ޕެންޓްހައުސްއަކީ ސައްހަ ނޫން ލިޔުންތައް ހުށަހަޅައިގެން ސޮއި ފޯޖުކޮށް ބޭންކަށް އޮޅުވާލައިގެން ހުޅުވާފައިވާ ހަންބޯ ކޮމްޕެނީގެ އެކައުންޓަށް އެކި މީހުން އެޕާޓްމަންޓް ގަތުމަށް ޖަމާކުރި ފައިސާއިން (7،862،887.32 ރ. އަށް) ގަނެފައިވާ ތަނެއްކަން ފައިނޭންޝަލް އެސެސްމަންޓްތަކުން އެނގޭ.

ޕީޖީ އޮފީހުން ބުނީ މި މަހުގެ 28 ވަނަ ދުވަހު ޕެންޓް ހައުސްއިން މީހުން ހުސްކޮށް އެތަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް, ކޯޓު އަމުރެއްގެ ދަށުން 01 އަހަރުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި ކަމަށެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް