އެލް. ޖީ. ބީ. ޓީ. އަކީ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް - ރަޝިޔާ

Loading

Facebook
Twitter
WhatsApp

އެލް. ޖީ. ބީ. ޓީ. ފާޙިޝް ޙަރަކާތަކީ ހައްދުފަނަޅާފައިވާ ޙަރަކާތެއްކަމަށާއި އެ ޙަރަކާތް ރަޝިޔާގެ ފަސްގަނޑުގައި މަނާކުރުމުގެ އަމުރު ނެރެދިނުން އެދި ރަޝިޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްއިން އެގައުމުގެ ސުޕްރީމްކޯޓަށް އިއްޔެހުށައަޅައިފިއެވެ. 

ޖަސްޓިސް މިނިސްޓްރީއިން ސުޕްރީމްކޯޓުގައި ދަންނަވާފައިވަނީ އެލް. ޖީ. ބީ. ޓީ. ގެ ހައްދުފަހަނަޅާ ގޮސްފައިވާ ޙަރަކާތްތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ދީނީގޮތުން ނަފްރަތު އުފެއްދުމާއި އަދި އިޖްތިމާއީ އަދި ޢާއިލީ ގުޅުންތައް ނެތިގެންދާކަމަށެވެ. ބެރޯންއާއި އެހެނިހެން މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސުޕްރީމްކޯޓުން އެލް. ޖީ. ބީ. ޓީ. ގެ ޙަރަކާތްތައް މަނާކޮށްފިނަމަ  އެލް. ޖީ. ބީ. ޓީ އާއި އެލް. ޖީ. ބީ. ޓީ ( ޕްލަސް ) ޖަމާޢަތާދޭތެރޭ ރަޝިޔާ ސަރުކާރުން އަޅާނެ ފިޔަވަޅުތަކުގެ ތަފްސީލު ހާމަކޮށްފައެއް ނެތެވެ.

ރައީސް ޕޫޓިން އަކީ އެލް. ޖީ. ބީ. ޓީ. އަށް ވަރަށް ބޮޑަށް ނަފްރަތު ކުރައްވާ ބޭފުޅެކެވެ. އަދި އެޖަމާއަތުގެ މީހުންނަކީ އެއްޖިންސުން ގުޅުން ހިންގުމަށްޓަކައި ސިކުނޑި ގޮވާފައި ތިބުމުގެ އިތުރުން ބޮލުރޮނދިވެސް ކެނޑިފާތިބި ބައެއްކަމަށް އެމަނިކުފާނު ގެންދަވަނީ ސިފަ ކުރައްވާފައެވެ.

މީގެ މަހެއްހާ ދުވަސްކުރިން ސަރބްސްކީ ސެންޓަރުގައި ވަކި އިންސްޓިޓިއުޓެއް ގާއިމްކޮށް އެ ޖަމާޢަތުގެ މީހުންނަށް ސައިކިއޭޓްރީ އާއި ނާރކޯލޮޖީގެ ފަރުވާދޭން ފެށުމަށްވެސް ވަނީ އަމުރު ކުރައްވާފައެވެ.

މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ރަޝީޔާއިން ވަނީ ޖިންސު ބަދަލުކުރުމުގެ ސާރޖަރީ ކުރުން މަނާކުރާ ގާނޫނެއް ފާސްކޮށްފައެވެ. ރަޝިޔާގައި ޖިންސު ބަދަލުކުރުން މިގާނޫނުގައި ވަނީ ވަރަށް ބޮޑަށް މަނާކޮށްފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް ޕޫޓިން ވަނީ  އެއް ޖިންސުން ގުޅުން ހިންގާ މީހުންނާއި އެއްވެސް ސިފައެއްގައި އެކަމަށް ހިތްވަރުދީފި މީހަކުނަމަ 6370 އެމެރިކާ ޑޮލަރުން ޖުރިމަނާ ކުރުމަށާއި އެލް. ޖީ. ބީ. ޓީ. އިޝްތިހާރުކޮށްފި ނަމަ  3185 އެމެރިކާ ޑޮޅަރުން ޖުރިމަނާ ކުރުމަށާއި ޒުވާން އުމުރުފުރައިގެ ކުދިންގެ މެދުގައި އެލް. ޖީ. ބީ. ޓީ. ގެ މަޢުލޫމާތު ފެތުރުމަށް ކަމުގެ ކުޑަ ބޮޑު މިނަށް ބަލާފާ 64000 އާއި 80000 އެމެރިކާ ޑޮލަރުން ޖުރިމަނާކުރަން ރިޔާސީ ގަރާރެއް ނެރެފައެވެ.               

އޮލިމްޕިއަންގެ ތަރި ބްރިޓްނީ ގްރައިނަރ ރަޝިޔާއަށް ވައިގެމަގުން އެތެރެވީއިރު އޭނާގެ ދަބަހުގައިހުރި ވޭޕްގެ ހުސް ކާރޓްރިޖްތަކުގައި ކެނަބިސްގެ އެތި އެތިކޮޅު ހުރުމުން ބުރަ މަސައްކަތާއެކު ނުވަ މަސްދުވަހު ޖަލުގައި ހޭދަކުރަން ޖެހުނެވެ. އޭނާ މިނިވަންކޮށްފައިވަނީ ޕްރިޒަނަރ އެކްސްޗޭންޖް ޕްރޮގްރާމެއްގެ ދަށުންނެވެ.

މިކުޑަކުޑަ ސައްތައިން ސައްތަ މުސްލިމް ގައުމުގައި މިވަރުކޮށްލަން ނުކެރި ދީނައްޓަކާ ގައުމަށްޓަކާ ރައްޔަތުންނަށްޓަކާ ސްލޯގަންތައް ބޭނުން ކުރާތީ ޙައިރާއަންތަރީސް ވެއެވެ.

މި ފާޙިޝް އެލް. ޖީ. ބީ. ޓީ. (އެއްޖިންސުން ގުޅުންހިންގުން) ގެ ޙަރަކާތްތައް މަނާކުރުމުގެ އަމުރަކަށް އެދި ރަޝިޔާގެ ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލާގެ ފުރަތަމަ އަޑުއެހުން މިހާރު އޮތީ މިހިނގާ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހަށް ތާވަލު ކޮށްފައެވެ.           

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް