ދެކުނު އެފްރިކާގައި ހުންނަ އިސްރާއީލް ސަފީރު އަނބުރާ ގައުމަށް ގެންގޮސްފި

Loading

Facebook
Twitter
WhatsApp

ފަލަސްޠީނު-އިސްރާއީލު މައްސަލާގައި ސައުތު އެފްރިކާއިން ފަލަސްޠީނާއި އެއްކޮޅަށް ބަސްބުނުމުން އިސްރާއީލުން ދެކުނު އެފްރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު، އީލިއާވް ބެލޮޓްސަކޮވްސްކީ އަނބުރާ އިސްރާއީލަށް ގެންގޮސްފައިވާކަން އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ހޯމަދުވަހު ހާމަކޮށްފިއެވެ. 

ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓުން އިސްރާއީލުން ކުރަމުންދާ ހަނގުރާމަމަތީ ކުށްތައް ތަހުގީގުކުރުމަށް ދެކުނު އެފްރިކާގެ ރައީސް، ސައިރިލް ރަމަފޯސާ ގޮވާލެއްވާފައިވާއިރު، އެގައުމުގެ ވެރިކަންކުރާ ޕާޓީ، އެފްރިކަން ނެޝަނަލް ކޮންގްރެސް (އޭއެންސީ) އިންވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. އޭއެންސީ އިން ބުނެފައިވަނީ، އެގައުމުގައި ހުންނަ އިސްރާއީލުގެ އެމްބަސީ ބަންދުކުރުމަށް މަޖިލީހަށް ބިލެއް ހުށައަޅައިފިނަމަ އެއަށް ތާއީދުކުރާނެކަމަށެވެ. 

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި މެދު ނުރުހުންވެ ފާޅުގައި އިސްރާއީލަށް ފާޑުކިޔަމުން އަންނަ ދެކުނު އެފްރިކާއިންވަނީ، އިސްރާއީލުގައި ތިބި އެގައުމުގެ ޑިޕްލޮމެޓުން އަނބުރައި ގެނެސްފައެވެ. 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް