ރާާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ސަރުކާރުން ހާމަކޮށްފި

Loading

Facebook
Twitter
WhatsApp

ރާާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕަބްލިކް އަންޑާ ސެކްރެޓަރީ މުޙައްމަދު ފިރުޒުލް ވިދާޅުވީ ސަރުކާރަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި ގާއިމުވެ ތިބީ އިންޑިއާގެ 77 ސިފައިންނެވެ

އޭގެތެރެއިން 24 ސިފައިން ތިބީ އިންޑިއާއިން ހަދިޔާކުރި އެއް ހެލިކޮޕްޓަރު ދުއްވަން ކަމަށާއި އަނެއް ހެލިކޮޕްޓަރު ދުއްވަން 26 ސިފައިން އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ. ދެން ތިބީ ޑޯނިއާ މަތިންދާބޯޓު ދުއްވަން ތިބި 25 ސިފައިންނާއި މެއިންޓަނަންސް ފަދަ ކަންކަން ކުރުމަށް އިތުރު ދެ ސިފައިން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

“މިހާތަނަށް އަޅުގަނޑުމެންނަށް އެއްކުރެވުނު މައުލޫމާތުތަކަށް ބަލާއިރު އިންޑިއާ ސިފައިންގެ 77 ސިފައިން ރާއްޖޭގައި ގާއިމުވެ ތިބިކަން އަޅުގަނޑު ފާހަގަކުރަން ބޭނުން“

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ދިވެހީންނަކީ މިނިވަންކަމުގެ ދަރީން ކަމަށާއި ދޫނި އޭގެ ހާލި ބަލަހައްޓާ ފަދައިން، ދިވެހީން މއަންނަނީ މި ލޮބުވެތި ދިވެހި ފަސްގަނޑު މިނިވަންކަންމަތީ އެތައް ޒަމާނަކަށް ބަލަހައްޓަމުން ކަމަށެވެ.

“އެއީ، ދިވެހި ރައްޔިތުން އެދޭގޮތް. ދިވެހީންގެ ނަފުސާއި ފުރާނައިގެ ނިންމުން. އެހެންކަމުން، އަޅުގަނޑު ރައްޔިތުންގެ އެ ނިންމުމަށް އަބަދުވެސް ކަމޭހިތާނަން. ހިމޭން ރީތި މިންގަނޑުގެ އެހީގައި އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ޤައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނަން.“

އަދި ގައުމީ ހައިސިއްޔަތުން ބަލާއިރު، ދިވެހި ގައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް “އަޅުގަނޑަށް ނެތްކަން ތިޔަ ލޮބުވެތި ރައްޔިތުންނަށް ކަށަވަރުކޮށްދޭނަން“ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް