5 ބިލިއަންގެ ޓީބިލް ވިއްކަން އާދީއްތަ ދުވަހު ހުޅުވާލަނީ

Loading

Facebook
Twitter
WhatsApp

ސަރުކާރުގެ ޚަރުދުތައް ހަމަޖައްސަން 5.2 ބިލިއަން ރުުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލަން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވާގޮތުން މި އަދަދަށް ޓީބިލް ވިއްކަން ހުޅުވާލަނީ އާވެރިކަމުގެ ފުރަތަމަ ރަސްމީ ދުވަސް ކަމަށްވާ އަންނަ އާދީއްތަދުވަހުއެވެ.

ފިނޭންސް މިނިސްޓްރީން މި އަހަރުގެ މިހާތަނަން 33 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވެއެވެ. ކޮމާޝަލް ބޭންތަކަށް 16.5 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވާއިރު އެހެނިހެން މާލީ އިދާރާތަކަށް 15 ބިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކާފައެވެ. އަދި ޕްރައިވެޓް ސެކްޓަރަށް ވިއްކި ޓީބިލް 103 ބިލިއަނަށް އަރައެވެ.

މިދިޔަ ބުރާސްފަތި ދުވަހާއި ހަމައަށް ސަރުކާރުން ވިއްކި ޓީބިލާއި ބޮންޑާއި ސުކޫކުގެ ޢަދަދު 77 މިލިއަން ރުފިޔާއަށް އަރައެވެ. އޭގެ ތެރެއިން ރާއްޖޭގައި ހިންގާފައިވާ މުއާމަލާތްތަކުގެ ޢަދަދުހުރީ 68 ބިލިއަން ރުފިޔާގައެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭއިން އަންނަނީ ހަތަރު ވައްތަރެއްގެ ޓީބިލް ވިއްކަމުންނެވެ. އެއީ 28 ދުވަހާއި 98 ދުވަހާއި 364 ދުވަހުގެ އިތުރުން 184 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދައްކަންޖެހޭ ޓީބިލެވެ. އަނބުރާ ފައިސާދައްކަން ޖެހޭ މުއްދަތު އިތުރުވާ ވަރަކަށް އިންޓަރެސްޓް ރޭޓް ދާނީ ބޮޑުވަމުންނެވެ.

ޓީބިލް ވިއްކުމަށް ހަފުތާއަކު އެއްފަހަރު ހުޅުވާލާއިރު ސަރުކާރުގެ ކޭޝްފުލޯ ހަމަޖެއްސުމަށް ޓީބިލް އާންމުގޮތެއްގައި ވިއްކަނީ ޕެންޝަން ފަންޑާއި ސަރުކާރު ހިއްސާވާ ބައެއް ކުންނިތަކަށާއި ބައެއް އަމިއްލަ ކުންފުނި ތަކަށެވެ. މީގެތެރޭގައި މަޝްހޫރު ޗަންޕާ ބްރަދާސްގެ ހިއްސާ އޮންނަ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްއާއި ޔުނިވަރސަލްގެ ހިއްޞާ އޮންނަ ކުންފުނިތަކުން ވެސް ސަރުން ވިއްކާ ޓީބިލްތަކަން އިންވެސްޓް ކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް