އަލްޖަޒީރާއިން ޚަބަރު ދީފައިވާގޮތުގައި އިސްލާއީލުން ފަލަސްތީނަށްކެނޑިނޭޅި ބޮން އަޅަމުން ގެންދާ މި ދަނޑިވަޅުގައި އެގައުމުގެ ރައްޔިތުން މިސްރާއި ޖޯރޑްންގައި ނުތިބެ ވީހާވެސް އަވަހަކަށް އެ ދެގައުމުން ފޭބުމަށް އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލުން އަންގައިފިއެވެ. އަދި އެ ސަރަހައްދުގެ އެހެން ގައުމަކަށްވެސްނުދިއުމަށް އެ އަމުރުގައި ވެއެވެ.
މިސްރާއި ޖޯރޑްން ވަނީ މިހާރު އިސްރާއީލުގެ ރައްޔިތުންނަށް ނުރައްކާތެރި ގައުމުތަކުގެ ލެވެލް 4 ގައި ހިމަނާފައެވެ. މި އަމުރާއިގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ތުރުކީގައިތިބި އިސްރާއީލުންގެ ސިޔާސީ ބޭފުޅުންވެސް މިހާރު ވަނީ އަނބުރާ ގައުމަށް ގެނެސްފައެވެ. އަދި ތުރުކީގައި ތިބި އިސްރާއީލު ރައްޔިތުންވެސް އެގައުމުން އަވަހަށް ފައިބަން ވަނީ އަންގާފައެވެ.
އިސްރާއީލުގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ ބަޔާނުގައި އެމިރޭޓްސް އާއި ތުރުކީއާއި ބަޙްރައިނާއި މެލޭޝިޔާއާއި ބަންގްލާދޭޝް އާއި އަދި ދިވެހިރާއްޖެ އަށްވެސް އިސްރާއީލުގެ ރައްޔިތުން ދަތުރުކުރުން އޮތީ މިހާރު މަނާކޮށްފައެވެ.
މޮރޮކޯ ލެވެލް 3 ގައި ހިމަނާފައިވާއިރު ކޮންމެހެން ބޭނުން ޖެހިގެން މެނުވީ އެ ގައުމަށްވެސް ދަތުރު ނުކުރުމަށް އެ އަމުރުގައި ބުނެފައިވެއެވެ.
އިސްރާއީލުން މިހާރު ތައްޔާރު ވަމުންދަނީ އެއްގަމުމަގުން ފަލަސްތީނުގެ ގައްޒާއަށް އަރާގަތުމުގެ އެންމެ ފަހު ތައްޔާރީތައް ވަމުންނެވެ. މިހާތަނަށް މިހަނގުރާމާގައި ފަލަސްތީނުގެ 4100 މީހުން ޝަހީދު ކޮށްލެވި އިސްރާއީލުގެ 1400 މީހުން ވަނީ މަރާލެވި ފައެވެ.
ބައެއް އެހެން ޚަބަރުތައް ބުނާގޮތުގައި ރައީސް ބައިޑްންއަނެއްކާވެސް ބައިކޮޅަށް ގޯލެއް ޖަހައިފިއެވެ. މިފަހަރު ގޯލް ޖަހާފައިމިވަނީ އެމެރިކާގެ ވިއްސަކަށްމީހުންވެސް ހިމެނޭގޮތުގައި ޙަމާސް އިން ރަހީނުކޮށްފައި ތިބި އިސްރާއީލުގެ 200 ވަރަކަށް މީހުން ސަލާމަތް ކުރުމަށްޓަކައި އެކަމުގެ އެންމެ ތަޖްރިބާކާރު ޖާސޫސީ ސިފައިންނާއިއެކު ވަރަށް ސިއްރިޔާތުގައި ބައްދަލު ކުރެއްވުމަށްފަހު އޮޅިގެން އެ ބައްދަލު ކުރެއްވުމުގެ ފޮޓޯތައް ވައިޓް ހައުސްގެ އިންސްޓާގްރާމް އެކައުންޓަށް އަޅާލެވުމުންނެވެ. ނިއުޔޯރކް ޓައިމްސްއިން ބުނެފައިވާ ގޮތުގައި ރައީސް ބައިޑްނަ ސަލާންކުރެއްވި ސިއްރު ސިފައިންގެ އަތުގައި ފާހަގަކުރަން ޖަހާފައިހުރި ޓެޓޫތައްވެސް ފެންނާން ހުއްޓެވެ.
ވައިޓްހައުސްގެ ސޯޝަލް މީޑިއާ ފީޑް ގާތްގަނޑަކަށް 8 މިލިއަންމީހުން ބަލަމުން ގެންދެއެވެ. އެފޮޓޯތައް ފެނުމާއިއެކު އެތައް ހާސް ބަޔަކު “ ލައިކް “ ދީފައިވެއެވެ. ވައިޓް ހައުސް އިން ބުނަނީ މި ކަމާއިމެދު ހިތާމަކުރާކަމަށާއި އެކަން އެނގުމާއިއެކު އޮންނާނީ ފޮހެލާފައިކަމަށެވެ.އެމެރިކާ ރައީސްގެ މިހާރުގެ ޙާލުކޮޅާއި މެދު އެމީހުންވެސް ކަންބޮޑުވެއްޖެއެވެ.
ޖާސޫސީ ގޮތުން ވިސްނާއިރު މިއީ އަސްލު އޮޅުވާލަން ހެދި މަކަރެއް ކަމުގައިވެސް ވެދާނެއެވެ. ޙަގީގަތް އޮޅުވާލުމަށްޓަކައި އެހެންބަޔަކާއިބައްދަލުކޮށް މިކަހަލަ މަކަރުވެރި އުކުޅުގެ ދަލުގައި ޖެއްސުމަކީބައެއްފަހަރު އެމެރިކާ އާއި އެމީހުންގެ ބައިވެރީން ކުރާކަމެކެވެ.
One Response
ހުރިިހާ ނުބައެއްގެ އައްޕަ އެމެރިކާ – ސިކުނޑިގޮވައިފާ ވާ މީހެއް ތި ބައިޑަންބެ އަކީ