އިންތިޚާބީ ރައީސް ޑރ.މުޢިއްޒު ބައްދަލުކުރެއްވި ބޭރުގެ ފުރަތަމަ ޑިޕްލޮމޭޓަކަށް އިނގިރޭސި ސަފީރު

Loading

Facebook
Twitter
WhatsApp

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ދިވެހިރާއްޖޭގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލަރ އާ ބައްދަލު ކުރައްވައިފިއެވެ. 

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި އިނގިރޭސިވިލާތުގެ ސަފީރު ވަނީ ސެޕްޓެމްބަރުމަހު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ޑރ.މުޢިއޒު ހޯއްދެވި ކާމިޔާބީއަށްޓަކައި އިނގިރޭސިވިލާތުގެ ސަރުކާރާއި ރައްޔިތުންނާއި އެކަމަނާގެ އަމިއްލަ ނަންފުޅުގައި މުޢިއްޒަށް މަރުހަބާ ދަންނަވައިފައެވެ. އަދި ލިބިވަޑައިގަތް ކާމިޔާބަށްފަހު އިންތިޚާބީ ރައީސް ބައްދަލުކުރެއްވި ބޭރުގެ ފުރަތަމަ ޑިޕްލޮމޭޓަކީ އެކަމަނާ ކަމަށް ވެވެޑައިގަތުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު ޝަރަފެއް ކަމަށާއި މިއީ ރާއްޖޭގެ ކޮންމެ ސަރުކާރަކުން ވެސް އިނގިރޭސިވިލާތާއެކު ބާއްވަވަމުން ގެންދަވާ ގާތް ގުޅުން މުޢިއްޒުގެ ސަރުކާރުން ވެސް ދަމަހައްޓަވަމުން ގެންދަވާނެކަމުގެ ފުރިހަމަ ޔަގީންކަމެއް ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ޑރ.މުޢިއްޒުގެ ޒައާމަތުގައި އިނގިރޭސިވިލާތާ ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޑރ.މުޢިއްޒު ވަނީ އިނގިރޭސިވިލާތުގެ ފުރިހަމަ ތާއިދާއި އެއްބާރުލުން އަލަށް އުފެދޭ ސަރުކާރާއެކު ވެސް އޮންނާނެކަމަށް ދެއްވި ޔަގީންކަމަށްޓަކައި ސަފީރަށް ޝުކުރު އަދާކުރައްވައިފައެވެ. 

މުޢިއްޒު ވަނީ ހުރިހާ ދާއިރާއަކުން ވެސް އިނގިރޭސިވިލާތާ އޮތް ގުޅުންތައް ވަރުގަދަކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ދިވެހި ގައުމަށާއި ރައްޔިތުންނަށާއި މަންފާހުރި އައު އެތައް ކަމެއް އިނގިރޭސިވިލާތާއެކު އޮތް ގާތް ގުޅުމުގެ ސަބަބުން ހާސިލުވާނެކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މުޢިއްޒުގެ ރަނިންމޭޓް ޙުސައިން މުޙައްމަދު ލަޠީފް ވެސް ބައިވެރިވެވަޑައިގަތެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް