އިންތިޚާބުގެ ވޯޓު ލާން މިހާ ގާތްވެފައިވާއިރު ވިސްނަންޖެހޭ ކަމެއް އެބައޮތް ކަމަށާއި އެއީ ސިޔާސީ ޕާޓީތަކުގެ ފިކުރުން ދުރުވެ ރައްޔިތުން ޤައުމީ ރޫޙުގައި އެއްވިސްނުމަކަށް އައުން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރ.ހުޅުދުއްފާރުގައި ރޭ ބޭއްވި ޖަލްސާގައި ޑރ.މުޢިއްޒު ވިދާޅުވީ
ރާއްޖެއަކީ މާކުރީ ޒަމާނުން ފެށިގެން، އަދި މިނިވަންކަން ލިބުނު ހިސާބުން ފެށިގެން މިނިވަން ޚާރިޖީ ސިޔާސަތެއް ގެންގުޅެމުން އައި ޤައުމެއް ކަމަށެވެ. އެއްވެސް ޤައުމަކުން މި ޤައުމުގެ ދާޚިލީ ކަންތަކަށް އަތްގަދަކޮށް ބަސްކިޔާ ތަނެއް މީގެ ކުރީ ސަރުކާރު ތަކަކުން ނުފެނޭ ކަމަށާއި ނަމަވެސް މި ސަރުކާރުން ވަނީ ޚާރިޖީ އަޅުވެތިކަމެއްގެ ތެރެއަށް ޤައުމު ދުއްވާލާފައި ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
“އެ އަޅުވެތިކަމުގެ ތެރޭގައި ބޭރު ޤައުމުތަކުގެ ސިފައިން މިތާ މިތިބީ. އެ އަޅުވެތިކަމުގައި ހެދިފައި ހުރި އެގްރިމަންޓުތައް ހާމަވެސް ކުރަން ނުކެރިގެން މިއުޅެނީ. އެހެންވީމާ މިއީ ވަރަށް ބޮޑު ނުރައްކަލެއް.“
މިކަމުން ސަލާމަތްވާނީ ޤައުމިއްޔަތު އިސްކޮށް އެންމެން އެއްބައިވަންތަވެގެން ކަމަށާއި އެހެން ނޫންނަމަ މިނިވަންކަމެއް ނޯންނާނެ ކަމަށާއި މިނިވަންކަން ގެއްލުވާލައި އެހެން ދީންތައް ވެސް މިތަނުގައި ފަތުރާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި އަމިއްލަ ބަހާ އަމިއްލަވަންތަކަންވެސް ގެއްލިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
One Response
Ehenvejjenamafurathamapaateefikurudhookoh nikunnanjeheyneemuizzu