ކޯނީ ރިޕޯޓު ގެއްލިއްޖެ, މައްސަލަ ފުލުހަށް ހުށަހަޅައިފިން: ރައީސް ޞާލިޙް

Loading

September 4, 2023
profile
Facebook
Twitter
WhatsApp

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެންދިޔަ ގޮތް ތަހުގީގުކުރަން އެކުލަވައިލި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) އިން އެކަން ތަހުގީގުކުރުމަށްފަހު އެކުލަވައިލި ރިޕޯޓު ގެއްލިފައިވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ވެރިކަމަށް ތިން އަހަރުވީ ތަނާ އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގި މުޒާހަރާތަކާ ގުޅިގެން ނަޝީދުގެ ވެރިކަން ވެއްޓުނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހުއެވެ.

ރިޔާސީ ކެމްޕޭނަށް ހދ.ނޭކުރެންދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރައްކާކޮށްފައި ބާއްވަން ނިންމި ކޯނީ ރިޕޯޓަށް ވެސް ވީ ގޮތް ނޭނގޭ ކަމަށާއި ތަހުގީގަށްފަހު ނިންމާފައި އޮތީ 25 އަހަރު ވަންދެން އެ ރިޕޯޓު ރައްކާކޮށްފައި ބޭއްވުމަށް ކަމަށެވެ.

“މިއަދަކު އެއެއް ނެތް. އެކަން ބަލައި ތަހުގީގުކުރީމަ އެނގޭނީ އޭގައި ޒިންމާވާ މީހުން.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަން މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

“އެ މައްސަލަ ބަލަން އަޅުގަނޑުމެން ވާނީ ފުލުހަށް ހުށަހަޅާފަ.“

މިފަދަ ކަންކަން މިހެން ހުރުމުގެ ސަބަބުން ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނާމެދު ފުންކޮށް ވިސްނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް