އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔުމް ރަނިންގް މޭޓަކަށް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ހަމަޖައްސަވައިފިއެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔުމް އެމަނިކުފާނުގެ ރަނިންގް މޭޓަކަށް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ހަމަޖައްސަވައިފި ކަމަށެވެ.
2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ރަނިންގމޭޓަކަށް ހުންނެވީ ވެސް ޖަމީލެވެ.
ނައިބު ރައީސްކަމުގައި 2015 ވަަނަ އަހަަރުގެ މެދަކާ ހިސާބަށް ޖަމީލް ހުންނެވިއެވެ. އޭރު އޭނާގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކޮށް މަގާމުން ވަކިކުރީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު އަޑީގައި ހުންނަވައިގެންް ކަމަށްް ޖަމީލް ވަނީ ތުހުމަތު ކުރައްވައިފައެވެ.
އޭގެފަހުން އޭރުގެ އިދިކޮޅު ފަރާތްތަަކާ ގުޅިވަޑައިގެން ޖަމީލު މަަސައްްކަތް ކުރެއްވީ ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނެވުމަށެވެ.
މި ވެރިކަން ފެށުނުއިރު ޖަމީލް ހުންނެވީ ޖުމްހޫރީ ޕާާޓީގައެވެ. އޭގެފަހުން އެ ޕާޓީން ވަކިވެވަޑައިގެން ޕީޕީއެމްއާ ގުޅިވަޑައިގަތުމަށްފަހު މިހާރު މަސައްކަތް ކުރައްވަނީ މި ސަރުކާރާާ ދެކޮޅަށެވެ.
ޖަމީލަކީ މިހާރު ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ އެންމެ އިސް ވަކީލުކަންވެސް ކުރައްވާ ބޭފުޅާއެވެ.
One Response
އެއްގޮތަކައްވެސް ކަމަކުނުދޭ ޒަމީލް