ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބާ ދިމާކޮށް ސަރުކާރުން ރަށްރަށުގައި ފަށާ މަޝްރޫއުތައް ޕީޕީއެމް ސަރުކާރެއްގައި ބާތިލުކުރާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ރޭ ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންކުރަން ގޮވާލައި ޕީޕީއެމް އޮފީސް ކުރިމަތީ ރޭ ބޭއްވި ހަރަކާތުގައި ދެއްކެވި ވާހަކައިގައި ޝިޔާމް ވިދާޅުވީ ޕީޕީއެމް ސަރުކާރެއްގައި ބާތިލުކުރާނީ މި ސަރުކާރުން ކެމްޕޭނާ ދިމާކޮށް ހިންގާ ބަޖެޓުގައި ނެތް މަޝްރޫއުތައް ކަމަށެވެ.
“އެއީ ބޭރުގެ އިންވެސްޓްމެންޓެއް ކަމަށްވިޔަސް އެއީ މި ގައުމުގެ ވިޔަފާރިވެރިއަކަށްދީގެން ކުރިއަށްގެންދާ އިންވެސްޓްމެންޓެއް ކަމަށްވިޔަސް އަޅުގަނޑުމެންގެ ސަރުކާރެއްގައި ރައީސް ޔާމީންގެ ޒައާމަތެއްގައި އިރާދަކުރެއްވިއްޔާ ބަޖެޓުނުކޮށް މި ދޭ ޕްރޮޖެކްޓްތައް.. އަޅުގަނޑުމެން މި ޕްރޮޖެކްޓްތަކުގެ އެގްރީމަންޓްތައް ބާތިލު ކުރާނަން.“
ޝިޔާމް ވިދާޅުވީ އެއީ ޕްރޮޖެކްޓްގެ ނަމުގައި ހިންގާ ބޮޑެތި ވައްކަންތައް ކަމަށެވެ. އަދި ދައުލަތުގެ މާލިއްޔާއިން ހޭދަކޮށްގެން ހުރިހާ ޕްރޮޖެކްޓެއްގެ ފައިސާ ހޭދަކުރަމުންދަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭނަށް ކަމަށެވެ.
2 Responses
ޕީޕީއެމް ވެރިކަމެއް އައުމުގ ފުރުސަތު މިފަހަރު ކުޑަ.
ރައްޔިތުން ތިބީކީ ޕީޕީއެމަށް ސަރުކާރު ދޭގޮތަކަށެއް ނޫނެވެ. ދިވެހިންގެ ފަޅުތަކާއި ރަށްތައް ވިއްކާ އަދި އެފައިސާ އަމިއްލަ އެކައުންޓަން ޖަމާ ކުރާ ބަޔަކަށް ހަށީހޭހުރެ ދެނެއް ވެރިކަމެއް ދެނެއް ނުދޭނެއެވެ.