އައްޑޫން ދޫކުރާ 1,000 ގޯއްޗަށް 4,000 އަށްވުރެ ގިނަ ފޯމު ހުށަހެޅި

Loading

Facebook
Twitter
WhatsApp

އައްޑޫ ސިޓީން ދޫކުރާ 1,000 ގޯއްޗަށް 4,000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު ޢަލީ ނިޒާރު ވިދާޅުވީ ގޯތިތައް ލިބޭ މީހުންގެ ލިސްޓު އާންމުކުރުން ލަސްވެފައިވަނީ އެހާ ގިނަ ފޯމު ހުށަހަޅާފައިވާތީ ކަމަށެވެ.

އަމާޒަކީ އަންނަަ މަހުގައި ލިސްޓު އާންމުކުރުން ކަމަށާއި ފޯމުތައް އިވެލުއޭޓްކޮށް ނިމެން ކައިރިވެފައިވާ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީން ގޯތި ދޫކުރަން ނިންމައި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ ފެބްރުއަރީގައެވެ. 

ހިތަދޫން ދޫކުރަން ނިންމާފައިވަނީ 500 ގޯއްޗެވެ. އެ ގޯތިތަކަށް އެދި 2000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހެޅިއެވެ.

 ފޭދޫން 300 ގޯތި ދޫކުރަން ނިންމާފައިވާއިރު ހުޅުދުއާއި މީދޫން ދޫކުރަން ނިންމާފައިވަނީ ކޮންމެ ރަށަކުން ވެސް 100 ގޯއްޗެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް