ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ އިންތިޚާބީ ހައްގުތަކަކަށް ހުރަސް އެޅިފައިވާކަމަށް ބުނެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.
މިކަން ހާމަކުރެއްވީ ރައީސް ޔާމީންގެ ގާނޫނީ ވަކީލު އާދަމް ޝަމީމް މިރޭ ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ނުނިމި ދިގުލައިގެންދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އެތަކެއް އަސާސީ ހައްގުތަކާއި އިންތިޚާބީ ހައްގުތަކަކަށް ހުރަސް އެޅިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
“އެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދާދި ދެންމެއަކު ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިން.“ އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީނަށް 11 އަހަރުގެ ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވީ ނަމަވެސް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގެންނެވުމުން މައްސަލަ އޮތީ މަޑުޖެހިފައެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް މާދަމާ ހުޅުވާލާއިރު ކުރިއަށް އޮތް 14 ދުވަސްތެރޭ އެ މައްސަލަ ނިމޭނެކަމާމެދު ސުވާލު އުފެދެއެވެ. ހަމަގައިމުވެސް ރައީސް ޔާމީންގެ ހުކުމް ބާތިލު ނުކުރާހައި ހިނދަކު އީސީން އެމަނިކުފާނުގެ ކެންޑިޑެންސީ ބަލައެއް ނުގަންނާނެއެވެ.
3 Responses
Raeesu yaameenu dhetho dhaskoh dhehvee leaderun jalugai baithhbaigen riyaasee inthikhaabuge vote negumah.
ސްޕްރީމް ކޯރޓަށަް ނުދިޔަޔަސް ޔާމީން ގެ 8 އެކައުންޓަގައި ދިވެހި ރަށްތަކާއި ފަޅުތައް ވިއްކައިގެން ހޯދާފަހުރި 200 މިލިޔަން ރުފިޔާ އަބުރާ ދިވެހި ދައުލަތަށް ހަވާލު ކުރީމާ ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެއެވެ..
ޖަލުގައި މީހުން ބަންދުކުރުމަކީ ޝަރުއީގޮތުން ދެވޭ އެންމެ ބޮޑު އެއް އަދަބުކަމުގައި ކަނޑައެޅިފައިވާއިރު އެ އަދަބު ތަންފީޒުކުރުމުގައި ހުކުމް ކުރެވިފައިވާ މީހާގެ ކިތަންމެ ހައްގެއް ގެއްލިގެން ދާނެއެވެ. ފުރަތަމަ ކަމަކީ އެމީހާއަކީ ކުށްވެރިއެކެވެ. އޭގެމާނައަކީ އޭނާއަށް ހުރިހާ މިނިވަންކަމެއް ނުލިބޭނެއެވެ. މިއީ ޖަލުގައި ތިބި އެތައް ބައެއްގެ ކަންތައްވެސް އޮތް ގޮތެވެ. އެއިން ކޮންމެ މީހެއްގެ މިނިވަންކަމުން ބައެއް އޮތީ ގެއްލިފައެވެ. ޖަލުގައި ބަންދު ކުރަންޖެހެނީ އޭނާއަށް އަދަބު ދިނުމަށެވެ. އެކަން ގަބޫލު ކުރަން ޖެހޭނެއެވެ. ވަކި މީހަކަށް ވީތީ އިސްތިއުނާފު އަވަސްކުރުމަކީ ހަމަހަމަކަން ގާއިމު ކުރުމެއް ނޫނެވެ.