އަންނަ ރިޔާސީ އިންތިޚާބާގުޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި އިންތިޚާބާ ބެހޭ މަރުކަޒު ދަރުބާރުގޭގައި ”ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ“ މިއަދު ގާއިމުކޮށްފިއެވެ.
ެއިލެކްޝަންސް ކޮމިޝަނުން މިއަދުހާމަކުރި ގޮތުގައި ބިއުރޯ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ. އަދި ހުކުރުދުވަހު މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށެވެ.
ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ގުޅޭނެ ނަންބަރުތަކަކީ 3004498 އަދި 3004450 އެވެ. ކޮމްޕްލެއިންޓްސް ބިއުރޯގެ އީމެއިލް އެޑްރެހަކީ [email protected] އެވެ.
ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ:
އިންތިޚާބާބެހޭ މައި މަރުކަޒުން.
އިލެކްޝަންސް ކޮމިޝަނުގެ އިދާރާއިން.
އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން.
ރަށު ކައުންސިލް އިދާރާތަކުން.
އަތޮޅުތަކުގައި ގާއިމު ކުރެވިފައިވާ އިލެކްޝަންސް ފޯކަލް ޕޮއިންޓްތަކުން.
ރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ ފޯކަލް ޕޮއިންޓުތަކުން.
ގައުމީ އިލެކްޝަން ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދާފައިވީ ނަމަވެސް އިންތިޚާބާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަންޖެހޭނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށެވެ. އަދި ބްރޯޑްކާސްޓް ކުރުމާބެހޭ މައްސަލަތައް ހުށަހަޅަންޖެހޭނީ ބްރޯޑްކާސްޓިންގ ކޮމިޝަނަށެވެ.