ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން އުފައްދާ ”ދަ ޑިމޮކްރެޓްސް“ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
”ދަ ޑިމޮކްރެޓްސް“ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އީސީއަށް ހުށަހެޅީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފްގެ ނަމުގައެވެ.
ޑިމޮކްރެޓްސް އުފައްދަން ހުށަހެޅީ 550 އަށްވުރެ ގިނަ މެންބަރުންގެ ސޮޔާއެކުއެވެ.
އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަވާންޖެހޭ އިޖުރާއާތުތައް ”ދަ ޑިމޮކްރެޓްސް“ އިން ފުރިހަމަކޮށްފައިވާ ކަމަށެވެ.
އެހެންވެ އެ ޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް މިއަދު ބޭއްވި އެ ކޮމިޝަންގެ 793 ވަނަ އާންމު ޖަލްސާގައި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށް ޙަބީބް ވިދާޅުވިއެވެ.