އައްޑޫ ސިޓީ ހުޅުދޫ އަންހެނަކު މޫދަށް ދިޔަ ގޮތަށް ޚަބަރެއްނުވާތީ ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ އުމުރުން 78 އަހަރުގެ ދިވެހި އަންހެން މީހާ ހޯދަމުން ދަނިކޮށް ފެނުނީ މިއަދު މެންދުރު ކުރި 11:48 ހާއިރު ކަމަށެވެ.
އޭނާ މަރުވެފައި އޮއްވާ ފެނުނީ ހުޅުދޫ ކަނޑޫއެޅެ ބީޗް ސަރަހައްދުންނެވެ.
ހުޅުދޫ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.