ރަޝިޔާގެ ދިފާއީ ވުޒާރާއާއި ޙަވާލާދީ ޔޫކްރެއިނިސްކާ ޕްރާވްޑާއިން ޚަބަރު ދީފައިވާގޮތުގައި ޔޫކްރެއިނުން ކްރީމިޔާއަށް ޙަމަލާ ދެމުންގެންދާތީ އޭގެ ބަދަލުގައި ޔޫކްރެއިނުން އަމުރު ނެރޭ ކޮމާންޑް ސެންޓަރތަކަށް ޙަމަލާދޭންވީ ވަގުތު ޖެހިއްޖެކަމަށް މިލިޓްރީ އެއްވުމެއްގައި ރަޝިޔާގެ ދިފާޢީ ވަޒީރު އިންޒާރު ދެއްވައިފިއެވެ.
އަހަރެމެންނަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ޔޫކްރެއިނުން ގެންދަނީ އެމެރިކާގެ ހިމާރސް އަދި ޔޫރަޕްގެ ސްޓޯމްޝެޑޯ މިސައިލް ބޭނުންކޮށްގެން ކްރީމިޔާވެސް ހިމެނޭގޮތުގައި ރަޝިއަން ފެޑެރޭޝަނަށް ޙަމަލާދޭން ރާވަމުންނެވެ.
ކްރީމިޔާއަކީ މިހާރު ކުރެވެމުންދާ ހަނގުރާމައިން ބޭރުގެ ސަރަޙައްދެކެވެ. އެހެންވީމާ އެމެރިކާއާއި ޔޫ ކޭ ގެ ހަތިޔާރު ބޭނުންކޮށްގެން އަހަަރެމެނަށް އެގޮތަށް ޙަމަލާ ދީފިނަމަ ރަޝިޔާގެ މިލިޓްރީން ބަލާނީ އެ ދެ ގައުމު ހަނގުރާމައިގެ ތެރެއަށް ސީދާކޮށް ވަނީ ކަމަށެވެ.
ދިފާޢީ ވަޒީރު ޝޮއިގޫ ވިދާޅުވެފައިވަނީ ރަޝިޔާއިން ހިފާފައިވާ ކްރިމިއާއިޕެނިންސުލާއަކީ ހަނގުރާމައިން ބޭރުގެ ސަރަޙައްދަކަށްވެފައި އެމެރިކާގެ ހިމާރސްއާއި ޔޫ ކޭ ގެ ހަތިޔާރު ބޭނުންކޮށްގެން އެ ސަރަޙައްދަށް ޙަމަލާދިނުން ބެލެވޭނީ އެ ދެ ގައުމުން ހަނގުރާމައިގެ ތެރެއަށް ވަނީ ކަމަށާއި ޔޫކްރެއިންގެ އަމުރު މަޢުރޫފް ނެރޭ މަރުކަޒުތަކަށް ރަޝިޔާއިން ޙަމަލާ ދޭނެ ކަމަށެވެ. އަދި ޖޫންމަހުގެ 4 ވަނަދުވަހުން ފެށިގެން މިހާތަނަށް ޔޫކްރެއިނުން އެ ސަރަޙައްދަށް 263 ފަހަރު ޙަމަލާދީފައިވާ ކަމަށެވެ.
މިދިޔަ އޭޕްރިލް މަހު ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ ކޮންމެ ގޮތެއްހަދާފާ ނަމަވެސް ކްރިމިއާ އަލުން މިނިވަން ކުރާނެކަމަށެވެ. މިއަޒުމުގައި ޔޫކްރެއިންގެ ދިފާއީ ވުޒާރާގެ އިންޓެލިޖެންސްއާއިބެހޭ ޑިރެކްޓްރޭޓުން ކިރިލޯ ބުޑަނޯވް ވިދާޅުވެފައިވަނީ ޔޫކްރެއިނުން ކްރިމިއާއަށް ވަދެގަތަސް ރަޝިޔާއިން އެލަޝްކަރުތަކާއި ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން ނުކެރޭނެ ކަމަށެވެ.
ދެފަަރާގެ ބަސްމަގު ހުރީއަކީ މިހަނގުރާމައަށް ޙައްލެއް ލިބިދާނެ ގޮތަކަށެއްނޫނެވެ.
One Response
ހަމައެކަނި ދެފަރާތުގެ ބަސްމަގު އެކަންޏެއްވެސް ނޫނެވެ. ދާދި މިދާކަށްދުވަހު އެމެރިކާގެ ރިޔާސަތަށް ވާދަކުރައްވާ ރޮބާރޓް އެފް. ކެނެޑީ ޖޫނިއަރ ވެސް ވިދާޅުވިކަމަށް މީޑިއާ ތަކުގައިވަނީ މިއީ އުފައްދައިގެން އުޅޭ ހަނގުރާމައެއް ކަމަށެވެ.