މާލޭގައި ގެއެއްގެ ތެރޭގައި ތިން މީހަކު ރަހީނުކޮށް، އެ މީހުންނަށް އަނިޔާކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ހެންވޭރު އަބަދަށް އުފާ މަގުގައި ހުރި ގެއެއްގައި ބަޔަކު ރަހީނުކޮށްގެން ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުނަށް ލިބިގެން، ބާރުގެ ބޭނުންކޮށްގެބް އެ ގެއަށް ވަން އިރު އެ ގޭގައި ތިން މީހަކު ރަހީނުކޮށްފައި ތިބި ކަމަށެވެ،
ފުލުހުން ބުނި ގޮތުގައި ރަހީނުކޮށްގެން އެ ގޭގައި ގެންގުޅުނީ ދިވެހި ތިން ފިރިހެނުން ކަމަށެވެ. އެ މީހުން ސަލާމަތްކޮށް ފަރުވާ އަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހުންނަށް އެކިވަރުގެ އަނިޔާކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
:އަނިޔާ ލިބުނު މީހުންނަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުން“ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކާއި 18 އަހަރު ނުވާ ކުޑަ ފިރިހެން ކުއްޖަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.
One Response
Raheenu kuri goiy vara bodah balaa laahivvey keevegen kihineh keekuran