ފޮކްސް ނިއުންއަށް ދެއްވި ބަސްދީ ގަތުމެއްގައި ސެނޭޓަރ ޓޮމް ކޮޓްން ރައީސް ބައިޑްންގެ ސަރުކާރަށް ފާޑުކިޔަމުން ވިދާޅުވީ ޒުވާން އުމުރުފުރައިގެ ލޯބިވެރިން އެކަކު އަނެކަކު ފަހަތުން އާދޭސްކުރަމުން ދުވާ ގޮތަށް އެމެރިކާގެ އޮފިޝަލުން އެމީހުންގެ ޗައިނާގެ ކައުންޓަރޕާރޓުން ފަހަތުން ދުވުމަކީ ލަދުގަންނަންޖެހޭ ކަމެކެވެ.
ޓޮމް ކޮޓްން މިހެންވިދާޅުވީ ސިންގަޕޯރުގައި ބޭއްވުނު ދިފާއީ ސެކިއުރިޓީގެ އަހަރީ ކޮންފަރެންސްގައި ޗައިނާގެ ދިފާއީ ވަޒީރު ލީ ޝަންގްފޫވެސް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނިކޮށް އަދި އެ ކޮންފަރެންސްގެ ހަވާސާގައި އެމެރިކާގެ ދިފާއީ ވަޒީރު ލޯއިޑް އައުސްޓިން އެމަނިކުފާނާ ބައްދަލު ކުރައްވަން އެދިވަޑައިގެން އެމެރިކާއިން ފޮނުއްވި ދައުވަތު ޗައިނާއިން ގަބޫލުކޮށްފައި ނުވާއިރު ހުކުރުދުވަހުގެ ރޭގަނޑު ފަރިއްކޮޅުގައި އިއްތަފާގަކުން ދެބޭފުޅުން ބައްދަލުވުމުން ސަލާން ކުރެއްވުމާ ގުޅިގެންނެވެ.
އެ ދެބޭފުޅުންގެ ބައްދަލުކުރެއްވުމާއި ސަލާން ކުރެއްވުމަކީ އެމެރިކާއާއި ޗައިނާގެ ހޫނުވެފައިވާ މަސްރަޙު ފިނިކުރުމުގެ ބޭނުމުގައި އެމެރިކާއިން އިސްނަގައިގެން ރާވާފައިވާ ރޭވުމެކެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަން މިހާރުއޮތް ލެވެލްއަށް ހޫނުވެގެން ދިޔައީ ޗައިނާގެ ޖާސޫސީ ފުއްޕާހަން އެމެރިކާއިން ފަޅާލި މައްސަލާގައެވެ.
އިހަށްދުވަހު ތައިވާން ކަނޑުއޮޅިން ދަތުރުކުރި އެމެރިކާގެ ޑެސްޓްރޯޔަރަކާއި ކެނެޑާގެ މަނަވަރަކަށް ޗައިނާގެ މަނަވަރަކުން ދިމާކުރުމުން ދެގައުމުގެ ދެމެދުގައި އޮތް ދެކޮޅުވެރިކަން ވަރަށްބޮޑަށް ހާމަވެގެން ދިޔައެވެ.
ސެނޭޓަރ ކޮޓްން ދެކިވަޑައިގަންނަވާ ގޮތުގައި މިކަންކަމުން ދޭހަވަނީ އެމެރިކާއިން ޗައިނާގެ ކުރިމަތީގައި ނިކަމެތިވުން ކަމަށެވެ. އަހަރެމެންގެ ހަނގުރާމަމަތީ މަތިންދާ ބޯޓުފަހަރަށް ގޯނާކުރިމާވެސް އަހަރެމެން މިތިބީ އެއްވެސް އެއްޗެކޭ ބުނަން ނުކެރިފައެވެ.
އަހަރެމެންގެ ސަރަޙައްދުން ޖާސޫސުކުރަން ފުއްޕާހަން ފޮނުވީމާވެސް އަހަރެމެންނަށް ކުރެވުނު ކަމެއްނެތެވެ. އަހަރެމެންގެ މަނަވަރުތަކަށް ފާރަލަމުން ގެންދިޔައިމާވެސް އަހަރެމެން މިދުވަނީ ސަލާންކުރަން އަތްދިއްކުރަމުންނެވެ. ސެނެޓަރ ކޮޓްން ވިދާޅުވިގޮތުގައި މިއީ އެމެރިކާއަށް ވަރަށް ލަދުވެތި ޢަމަލެއް ކަމަށެވެ.
One Response
ބަލިވީ ދެންވެސް އަވަހަށް ބޮޑު ހަނގުރާމައެއް ފަށްޓުވާ ބަޔަކު ފަނާކޮށްލުވާ. އެއީނު ދަންނަކަމަކީ؟