ރަޝިޔާގެ ދިފާޢީ ވުޒާރާއާއި ޙަވާލަދީ ރޮއިޓަސްއިން މަޢުލޫމާތު ދީފައިވާގޮތުގައި ޔޫކްރެއިންގައި އެންމެފަހުން އޮތް މަނަވަރު (ޔޫރީ އޮލެފިރެންކޯ) ވެސް ރަޝިޔާގެ މިސައިލް ޙަމަލާގައި ހަލާކުކޮށްލައިފިއެވެ.
އެމަނަވަރު ހަލާކު ކޮށްލާފައިވަނީ މީގެ ދެދުވަސް ކުރިން އޮޑެއްސާ ބަނދަރުގައި އޮއްވައެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާގެ ސްޕޯކްސްޕަރސަން ކޮނާޝެންކޯވް ކޮންމެދުވަހަކު ދެއްވަމުންގެންދަވާ ބަސްދީގަތުމުގައި ވިދާޅުވެފައިވަނީ ޔޫކްރެއިންގެ މަނަވަރު ޔޫރީ އޯލެފިރެންކޯ ހަލާކުކޮށްލީ އޮޑެއްސާގެ ބަނދަރުގައި އޮއްވާ މޭމަހުގެ 29 ވަނަ ދުވަހުގައި ކަމަށެވެ.
އޭނާ ވިދާޅުވީ އެ މަނަވަރު ހަލާކުކޮށްލުމަށްޓަކައި ބޭނުން ކުރެވިފައިވަނީ ހައިޕްރެސިޝަން ހަތިޔާރު ކަމަށެވެ. އާންމުގޮތެއްގައި އެމަނިކުފާނުގެ ބަސްދީ ގަތުންތަކުގައި މި ލަފުޒު ބޭނުން ކުރައްވަނީ މިސައިލްގެ މާނައިގައެވެ.
ނަމަވެސް މިފަހަރު އެކަން ތަފްސީލުކޮށެއް ނުދެއްވައެވެ. ޔޫކްރެއިންގެ ކަނޑުސިފައިން މިކަމާގުޅޭގޮތުން އެއްވެސް ވާހަކައެއް ބުނެފައެއް ނުވެއެވެ.އެހެންނަމަވެސް ޔޫކްރެއިންގެ ކަނޑު ސިފައިންގެ ސްޕޯކްސްޕަރސަން އޯލޭ ޝަލީކް ވިދާޅުވީ ރަޝިޔާއިން ބުނާހާ އެއްޗަކަށް ޖަވާބުދާރީ ވުމާއި ހަނގުރާމައިގާ ޔޫކްރެއިނަށް ލިބޭ ގެއްލުމުގެ ވާހަކަ ޔޫކްރެއިނުން ނުދައްކާނެކަމަށެވެ.
އެހެންނަމަވެސް މިދިޔަ ހޯމަދުވަހު ރަޝިޔާގެ ހަނގުރާމަމަތީ ފަސް މަތިންދާބޯޓަކުން ހުޅަނގު ޔޫކްރެއިންގެ މިލިޓްރީ އަމާޒަކަށް ޙަމަލާތަކެއް ދިންކަމަށާއި އަދި އޮޑެއްސާގެ ބަނދަރުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށް ވިދާޅުވިއެވެ.
ހަނގުރާމައިގެ މައިދާނުން ރޮއިޓާރސް އަކަށް މިކަން ކަށަވަރު ކޮށްދެވޭނެގޮތެއް ނުވާކަމަށް ބުނެއެވެ.