އިންޑިޔާގެ ނަސްލީ ނިރުބަވެރިކަން: ޙައްލަކީ ހަމައެކަނި ވަކި ސްޓޭޓެއް ލިބުން

Loading

May 19, 2023
profile
Facebook
Twitter
WhatsApp

އިންޑިއާގެ އިރު އުތުރު ސްޓޭޓެއްކަމުގައިވާ މަނިޕޫރުގެ ބައެއްގެތައް މިހާރު ފެންނަނީ އަޅިފުންޏެއްގެ ގޮތުގައެވެ. ހަމަ އެއާޖެހިގެންހުރި ގެއަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. މިއީ މިހާރު އިންޑިޔާގެ މަނިޕޫރު ގައި އުފެދިގެން އުޅޭ ނަސްލީ ދެކޮޅުވެރިކަން އެންމެ ރަނގަޅަށް ސިފަކޮށްދެވޭނެ ގޮތްކަމުގައި އަމްރިތު ދިލޯން ރިޕޯރޓްކޮށްފައި ވެއެވެ.

މި ދެކޮޅުވެރިކަމުގައި މިހާތަނަށް ހަތްދިހަވަރަކަށް މީހުން މަރާލެވި ތިރީސްހާސްމީހުން ވަނީ ވިއްސިވިހާލި ކުރުވާފައެވެ. މި ލޭ އޮހޮރުވުން ފެށިފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ.

އެހެންނަމަވެސް މި ދެކޮޅުވެރިކަން ހަމަޔަކަށް އެޅޭނެ ގޮތެއް އަދި ދުވަހެއްވެސް ނޭގެއެވެ. ކާބޯތަކެތި ލިބޭނެ ގޮތެއް ނެތިފައިވާއިރު ސިފައިން އޮތީ ކާރފިއު ހިންގާފައެވެ. އިންޓަރނެޓުގެ ޚިދުމަތުން މަޙުރޫމް ކޮށްފައިވާއިރު ސްކޫލްތަކާއި އޮފީސްތަކާއި އަދި ފިހާރަތައް ހުޅުވާކަށް އަމުރެއް ނެތެވެ.

އެތައް ހާސްބަޔަތު ތިބީ ފުނިޖެހިފައިއޮތް ރެފިއުޖީ ކޭމްޕް ތަކުގައި ފާޚާނާކުރެވޭނެ ގޮތެއްވެސް ނެތިފައެވެ. ހަފްތާ ބަންދުގެ ތެރޭގައި އިތުރު ދެކޮޅުވެރިކަން ހިނގައި އިތުރުބަޔަކު ވަނީ ވިއްސި ވިހާލިކުރެވިފާކަމަށް ރިޕޯރޓްތައް ބުނެއެވެ.

ޗުރާޗަންދުޕޫރުގެ ގާނޫނީ ވަކީލެއް ކަމުގައިވާ ޖޯން މަމަންގު ބުނެފައިވަނީ މިއީ ދާޚިލީ ހަނގުރާމައިގެ ޙާލަތެއް ކަމަށެވެ.ކާބޯތަކެއްޗާއި ބޭސް ހުސްވެއްޖެއެވެ. ބައެއްމީހުންނަށް  އެއްވެސް އެއްޗެއް ކާންނުލިބި  ދެތިން ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. 

އަހަރެން އެތަނުން ކޭމްޕަކަށް ދިޔައިރު އެތަނުގައި އަންހެނަކު އުޅެނީ ވިހައިގެންނެވެ. ބޭހެއް ނެތެވެ. ތުއްތު ދަރިފުޅުގައިގާ ލައްވާފައި އޮތީ ފަސްދުވަސްވަންދެން އެކުއްޖާގެ މައިމީހާ ލައިގެން އުޅުނު ހެދުމުގެ ބައެކެވެ.

ޙާލުގައި ޖައްސާފައިވާ ގިނަ މީހުންނަކީ ނަސްރާނީ މަޒްހަބުގެ މީހުންނެވެ. ހިންދޫންގެ މެއިޓީ ނަސްލަށް ނިސްބަތް ކުރެވޭމީހުންވެސް ހިމެނެއެވެ. އަދި ދެކޮޅުވެރިކަން އުފައްދާކަމަށް އެއްބަޔަކު އިނގިލި ދިމާކުރަނީ އަނެއް ބަޔަކަށެވެ. 

ފުލުހުން ބުރަވާތަން ފެންނަނީ މެއިޓީންގެ ފަރާތަށް ކަމަށް ކުކިސުން ތުޙުމަތު ކުރެއެވެ. ކުކިސުން ބުނެފައިވާ ގޮތުގައި މޮބުންގެ ދުއްތުރާތަކުން ސަލާމަތް ކޮށްދިނުމަށް ފުލުހުންގެ އެއްބާރުލުން ނުލިބުމުން ސަލާމަތް ވުމަށްޓަކައި އެމީހުން ވަންނަން ޖެހުނީ ސިފައިން ބަލަހައްޓާ ކޭމްޕް ތަކަށެވެ. 

މީގެކުރިން މިދެނަސްލުގެ މީހުން އެތަނުގައި ދިރިއުޅެމުން ގެންދިޔައީ އެކުވެރިކަމާ އެކުގައެވެ. ކުއްލިއަކަށް މިޙާލަތަށް ބަދަލުވެގެން މިދިޔަގޮތެއް ވެސް ނުވިސްނެއެވެ. ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިން މަރަމުން ގެންދާއިރު އަވަށްޓެރިންނާއި ރައްޓެހިންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތެވެ. 

މެއިޓީ ނަސްލުގެ އަލުން ސިންގ ބުނިގޮތުގައި މި ޖަރތީމާ ހިންގަމުންގެންދާ މީހުން ދުވަހަކުވެސް އަހަރެމެންގެ އަވަށްޓެރިންކަމުގައި ދެން ގަބޫލެއް ނުކުރެވޭނެއެވެ. ޗުރަޗަންދުޕޫރުގެ ކުކި ނަސްލަށް ނިސްބަތް ކުރެވޭ މޯޒަސް ވާރޓޭ ގެ އުދާސްތައް ބަންޑުން ކޮށްލުމުގައި ބުނެފައިވަނީ މި ހިންގާ ނިރުބަވެރި ކަންތައްތަކަކީ ފަރުބަދަ މަތީގައި ދިރިއުޅެމުން ގެންދާ އަހަރެމެންގެ ނަސްލުތައް ނެތިކޮށްލުމުގެ ޖަރީމާތަކެއް ކަމުގައެވެ. އަހަރެމެންގެ އަމިއްލަ ސްޓޭޓެއް ލިބިގެންނޫނީ ދުވަހަކުވެސް މިކަމަށް ނިމުމެއް ނާންނާނެ ކަމަށެެވެ.

ޑެބޯރީ ފިމްސަންގްޕުއި ދިރި އުޅެނީ ވެރިރަށް އިމްޕަލް ސަރަޙައްދުގައެވެ. އޭނާގެ ގެވެސް އެވަނީ އެއްކޮށް އަންދާ ހުލިކޮށްލާފައެވެ. އޭނާއާއި ޢާއިލާ ސަލާމަތް ވީ އެވަގުތު ރަށުގައި ނެތީމައެވެ. އޭނާއަކީ ކޮލެޖުގެ ލެކްޗަރަރެކެވެ. 

އާންމުގޮތެއްގައި ޙަމަލާތައް އަންނަނީ ކުކި ނަސްލުގެ މީހުންނަށެވެ. ކުރީގައި އެމީހުންވެސް ދަރިންގެ މަތީ ތަޢުލީމަށްޓަކައި ފޮނުވާ އުޅުނީ އިމްޕަލް އަށެވެ. އެކަމަކު މިޙާލަތުގައި އަހަރެމެންގެ ދަރިން އިމްޕަލް އަށް ކިޔަވަން ފޮނުވާކަށް ނުކެރޭނެއެވެ. މަނިޕޫރުގެ ސަރުކާރުން އަދި ސަލާމަތީ ބާރުތަކުން އަހަރެމެންނަށް ރައްކާތެރިކަން ފޯރުކޮށްދީފާނެ ކަމުގެ އެއްވެސް އިތުބާރެއް ނެތެވެ.                                        

މިޔަންމާރާއި ބަންގްލާދޭޝް އަދި ޗައިނާއާއި އިންވެގެން އޮންނަ އިރު އުތުރު އިންޑިޔާގެ ސްޓޭޓްތަކަކީ ނަސްލީ ތަފާތުތަކުގެ ނުރައްކާތެރިކަން ބޮޑު އައްޑާ ތަކެކެވެ.

މިހާރު އުފެދިގެން އުޅޭ މައްސަލަތަކުގެ އަސްލަކީވެސް އިންޑިއާ ސަރުކާރުން މަނިޕޫރުން މެއިޓީންނަށް ޚާއްސަ ގިންތީއެއް އެކަށައެޅުމަށް ރޭވުމުން އުފެދިގެން އުޅޭ ހަމަނުޖެހުމެކެވެ. އެ މަޝްރޫޢުގެ ދަށުން މެއިޓީންނަށް ސަރުކާރުގެ ވަޒީފާއާއި ކޮލެޖްތަކުން ޖާގަ ދިނުމުގައި އިސްކަން ދެވޭނެއެވެ. ކުކިސް ނަސްލުގެ މީހުން ފާހަގަކުރާ ގޮތުގައި މިހާރުވެސް ސަރުކާރުގެ ވަޒީފާތަކާއި ސިވިލް ސަރވިސް އަދި ފުލުހުންގެ ތެރެއިން ވަޒީފާދިނުމުގައިވެސް މެއިޓީންނަށް އިތުރު އިމްތިޔާޒުތައް އޮންނަނީ ދީފައެވެ. އަދި ޖަންގައްޔާއި ބިމުގެ ޒިންމާވެސް އޮންނަނީ އެމީހުންގެ ބެލުމުގެ ދަށުގައެވެ.

ވެރިރަށް އިމްޕަލްގެ ބޮޑެތި ޝޮޕިންގމޯލްތަކާއި ބިޔަ ޢިމާރާތްތަކަކީވެސް މެއިޓިންގެ މިލްކިއްޔާތެވެ. ފަރުބަދަތަކުގައި ދިރިއުޅޭ މީހުންނަށް މިއިން އެއްވެސް ފުރުސަތެއް ނުލިބެއެވެ.ނަތީޖާއެއްގެ ގޮތުން ތަޢުލީމާއި ބޭސްފަރުވާއާއި އަސާސީ ބޭނުންތަކަށްވެސް ކުކިސުން އަންނަން ޖެހެނީ އިމްޕަލް އަށެވެ.                                

މައްސަލައިގެ ސީރިއަސްކަން ހާމަކޮށްދިނުމުގެ ގޮތުން ގާނޫނުހަދާ މަޖިލީހުގައި ތިއްބެވި އެކިއެކި ގަބީލާތަކަށް ނިސްބަތްކުރެވޭ ދިހަ ވަރަކަށް މެމްބަރުން އެމީހުންނަށްޓަކައި ފަރުބަދަތައް ހިމެނޭގޮތުން އެހެން ސްޓޭޓެއް އުފައްދާދިނުމަށް އެދި ނިއުދިއްލީއަށް އިލްތިމާސްކުރުން ހިމެނެއެވެ. 

ސަބަބަކީ މިޙާލަތުގައި މެއިޓީންނާއެކު ދިރިއުޅުމަށްވުރެން މަރުވުންވެސް މާރަނގަޅުކަމަށް ބެލެވޭތީއެވެ. އެއްބަޔަކު އަނެއް ބަޔަކަށް އޮތް ރުޅިވެރިކަން މިހާރު މިއޮތީ އަލުން ރަނގަޅު ނުކުރޭ ވަރަށް ގޯސްވެފައެވެ. މިލިއުމުގައި ހުރި މީހުންގެ ނަންތަކަކީ ޚިޔާލީ ނަންތަކެކެވެ. އިންޑިޔާގެ ނަސްލީތަފާތު ކުރުން މިހާރުގެ ބޮޑުވަޒީރު މޯދީގެ ސަރުކާރުގައި ހައްދުފަހަނާ އަޅައިފާވަކަމަށް މުސްލިމުންވެސް ދަނީ ވަރަށް ގަދަޔަށް ޝަކުވާތައްކޮށް އިސްލާމީގައުމު ތަކުގެ ވެރީންގެ އަރިހުގައިވެސް އެނހީއަށް އެދެމުންނެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް